ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އަހުމަދު އަޒްމީލް (އަޒޭ) މަސްތުވާތަކެތީގެ
މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް
ކޯޓުން އޭނާ ދޫކޮށްލަން އަމުރުކޮށްފިއެވެ.
ފުލުހުން އަޒޭ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެއްޗާއި
ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ
އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެގެ ރޭ ކޯޓު
އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.
މި ކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ ފްލެޓް
ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު
ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ.
Advertisement
މި މައްސަލާގައި ފުލުހުން ހައްޔަރުކުރި އަޒޭގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ނިންމީ
ޝަރުތުތަކާ އެކު އޭނާ ދޫކޮށްލުމަށެވެ.
ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރި ވަގުތު
އޭނާ ހުރި ކޮޓަރީގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ
ޕެކެޓެއް ފެނިފައިވެ އެވެ. ނަމަވެސް އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި މުޖްތަމައުގެ
ސަލާމަތަށް ނުރައްކަލެއް ނެތުމުން އޭނާ ދޫކޮށްލަން ނިންމީ ކަމަށެވެ.
މަސތުވާތެކެތީގެ މައްސަލައިގައި ހައްޔަރުކުރި އަޒްމީލް ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ