ޝަހީދު ހުސެއިން އާދަމްގެ ބައްފަ ނިޔާވެއްޖެ

ތިނެއް ނޮވެމްބަރުގެ ބަތަލު ކުޅުދުއްފުށީ މާވާގެ، ޝަހީދު ހުސެއިން އާދަމްގެ ބައްޕަ އާދަމް މުހައްމަދު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް ނިޔާވީ ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
އާދަމްގެ ދަރިއަކާ ހަވާލާދީ ކޭއޯ ނޫހުގައި ބުނެފައިވާ ގޮތުން މުސްކުޅި ބަލީގައި އާދަމް ޑޮކްޓަރަށް ދައްކަވާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ.
އާދަމް ނިޔާވިއިރު ދުނިޔޭގައި އަނބަކާއި 6 ދަރިން އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ