މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީން ފައިސާ ނުބަހާ ކަމަށް ރައީސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވޯޓުލެއްވުމަށްފަހު އެ ސަރަހައްދުގައި ހުންނަވައިގެން, "ދިޔަރެސް" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް ވިދާޅުވީ އެމްޑީޕީން ފައިސާ ނުބަހާނެކަމަށެވެ. ހަމަ ޔަގީންތޯ އެއްސެވުމުން އެއަކަށް ރައީސް ޖަވާބެއް ނުދެއްވައެވެ.
ރައީސް މިހެން ވިދާޅުވިނަމަވެސް ރާއްޖޭގެ އެކި ރަށްތަކުގައި އެމްޑީޕީން އަންނަނީ ފާޅުގައި ފައިސާ ބަހަމުންނެވެ. މިގޮތުން މާލެ ސިޓީގައި ފައިސާ ބަހަމުންދާ ވީޑިއޯތައް ވަނީ އާންމުވެފައެވެ. އަދި ބައެއް އެހެން ރަށްރަށުގައި ވެސް އެމްޑީޕީގެ އިސް ފަރާތްތަކުން ފައިސާ ބަހާ ފޮޓޯތައް އަންނަނީ އާންމުވަމުންނެވެ.
ރާއްޖޭގެ ގިނަ ރަށްތަކުގައި ރައީސް އިބްރާހީމަށް ތާއީދު ނެތްތަކުން އެކި ފަރާތްތަކުން ހަދާފައިވާ ސާވޭތަކުން އެނގެއެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް ދަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވަރަށް ސާބިތުކަމާއި އެކު ވިދާޅުވަމުންނެވެ.
ވޯޓު ގަންނަން ފައިސާ ބަހާކަމަށް ރައީސް އިބްރާހީމް އެއްބަހެއް ނުވި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ