މާލޭ ގެއެއްގައި ބަންދުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި
ހުއްދަ ނޫން ގޮތުގައި މާލޭ ގެއެއްގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު ފުލުހުން ސަލާމަތްކޮށްފިއެވެ. މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހުއްދަ ނޫން ގޮތުގައި ގެއެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓެއް ލިބުނީ، މިއަދު ހެނދުނު 06:00 ހާއިރު ކަމަށެވެ. މި ރިޕޯޓާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެމީހާ ސަލާމަތް ކުރިއެވެ. މިއީ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މާލޭގައި ރަހީނު ކުރުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. ނަމަވެސް، ފުލުހުން މި މައްސަލަ ތަހުގީގު ކުރަނީ ރަހީނުކުރުމުގެ މައްސަލައެއްގެ ގޮތުގައެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ