ސައީދު ސަރުކާރަށް: ވަކި ގައުމެއްގެ ރުހުން ލިބެންދެން މަޑު ނުކޮށް ބޭރުގެ އެހީތެރިކަން ހޯދާ!

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ވަކި ގައުމެއްގެ ރުހުން ލިބެންދެން މަޑު ނުކޮށް ބޭރުގެ އެހީތެރިކަން ހޯދުމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ގައުމު ބަލިވެއްޖެ ކަމަށާއި ވީހާވެސް އަވަހަކަށް ބައިނަލްއަގުވާމީ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވިވޮތުގައި ކޮވިޑުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުގެ ދުވެލި އަވަސްކުރަން ޖެހެއެވެ. ބެލެވޭގޮތުގައި ސައީދު އެ އިޝާރަތް ކުރައްވަނީ އަވަށްޓެރި އިންޑިއާށް އެކަނި ބަރޯސާ ނުވެ ހުރިހާ ގައުމުތަކާއެކު މަސައްކަތް ކުރުމެވެ.
މިފަހަކަށް އައިސް ކޮވިޑު-19 ޖެހިގެން ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. އެގޮތުން މިއަދު އެކަނިވެސް 9 މީހަކު މަރުވެފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް 1،000 އަށްވުރެ ގިނަ މީހުން މި ބައްޔަށް އަންނަނީ ފައްސިވަމުންނެވެ. އިންޑިއާގެ ވެކްސިނެއް ކަމަށްވާ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހި އެތައް ބަޔަކު ދެވަނަ ޑޯޒު ނުޖެހިފައިވެސް އެބަ ތިއްބެވެ. މި ވެކްސިންގެ ދެވަނަ ޑޯޒު ލިބޭނެ ދުވަހެއް އަދި ނޭނގެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ