މިއުނިކް (ޖުލައި 29) - އަރާމުކުރަން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބި ގިނަ މުބާރާތްތަކެއް ކުޅެން ޖެހޭތީ ކުޅުންތެރިން ކުރާ ޝަކުވާތަކާ މެދު ބަޔާން މިއުނިކްގެ ސުޕަވައިޒަރީ ބޯޑުގައި މަސައްކަތް ކުރަމުން އަންނަ ލެޖެންޑް، ކާލް-ހެއިންޒް ރުމެނިގާ ދެކޭ ގޮތް ހިއްސާކޮށްފި އެވެ.
ތިރީސް އަހަރު ބަޔާންގެ ސީނިއާ މެނޭޖްމަންޓުގައި މަސައްކަތްކުރި ރުމެނިގާ، 2021 ވަނަ އަހަރު އެ ކްލަބްގެ ސީއީއޯގެ މަގާމުން ދުރަށް ދިޔަ ނަމަވެސް، މީގެ އެއް އަހަރު ކުރިން އޭނާ ވަނީ އެ ޓީމުގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރެއްގެ ގޮތުގައި އައްޔަނުކޮށްފަ އެވެ.
ފީފާ އިން 32 ޓީމު ކުޅޭ ގޮތަށް ކްލަބް ވޯލްޑް ކަޕްގެ ފޯމެޓް ބަދަލުކޮށް، އެ މުބާރާތް ފީފާ ކޮންފަޑެރޭޝަން ކަޕްގެ ބަދަލުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަން ނިންމުމުން ގިނަ ކުޅުންތެރިންނާއި އޭޖެންޓުން އަދި ކޯޗުން ފާޑުކިޔެވެ. އެކަމާ ގުޅޭގޮތުން، ކުޅުންތެރިންގެ ހައްގުގައި ވަކާލާތު ކުރާ ފިފްޕްރޯ ޔޫނިއަން އިން ވެސް ބަސްބުނެފައިވެ އެވެ. އެކަމަކު، ރުމެނިގާ ވަނީ އޭނާ ދެކޭގޮތް ވަރަށް ރަނގަޅަށް ހިއްސާކޮށްފަ އެވެ.
ވެސްޓް ޖާމަނީ ޓީމުން 1980 ވަނަ އަހަރުގެ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް (ޔޫރޯ) ކާމިޔާބުކުރި ޓީމުގައި ހިމެނޭ ރުމެނިގާ ބުނީ، ކުޅުންތެރިންނާއި އޭޖެންޓުންނަށް ފުޓްބޯޅައިގެ ބައެއް ކަންކަމުގައި ހުރިހާ ކަމެއް ނުވިސްނި ވާހަަކަ ދައްކާތީ ކަންބޮޑުވާ ކަމަށެވެ.
"އޭޖެންޓުންނާއި ކުޅުންތެރިންގެ ވެސް ހިއްސާ އެބައޮތް ކަންކަން މި ހިސާބަށް ދިއުމުގައި. އެއީ، ކުޅުންތެރިން ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓަށް އަބަދު ޑިމާންޑްކުރަންޏާ، ފައިސާ ހޯދަން، މުބާރާތްތައް މެޗުތައް ކުޅެން ކްލަބްތަކުން ވެސް ނިންމާނެ. ގިނަ ފައިސާ ލިބޭނީ ޔަގީނުން ވެސް ގިނަ މުބާރާތް ނޫނީ މެޗު ކުޅެގެން،" ރުމެނިގާ ބުންޏެވެ.
ރުމެނިގާ ބުނީ، ފުޓްބޯޅައިގެ ތެރޭގައި ހުރި މި ފަދަ ޝަކުވާތަކަށް ހައްލެއް ލިބޭނީ، މި ކަމުގައި ހިމެނޭ އެންމެންގެ މަސްލަހަތަށް ވިސްނައި، ފުޓްބޯޅަ އާއި އޭގެ ތެރޭގައި މި ހިމެނޭ ވިޔަފާރީގެ ކަންކަން އެންމެނަށް ސާފުކޮށް އެނގޭނެހެން އުނގަންނައިދީގެން ކަމަށެވެ.
ބަޔާނުގެ ނައިބު ރައީސަކަށް 1991 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަަމައަށް މަސައްކަތްކުރި ރުމެނިގާ ފަހުން، އެ ކްލަބްގެ ސީއީއޯ އަކަށް ހުންނެވިއެވެ. އެ ކްލަބްގެ ތެރެއަށް އެކި ޖީލުތަކުގެ ކުޅުންތެރިން އައިއިރު، ޒަމާނަށް އެކަށޭނެ ބަދަލުތައް ގެނަ އެވެ.
ރުމެނިގާ ހާމަކުރީ ކުޅުންތެރިން ގަބޫލުކުރަން ޖެހޭ ހިތި ހަގީގަތެއް ރުމެނިގާ ހާމަކުރީ ކުޅުންތެރިން ގަބޫލުކުރަން ޖެހޭ ހިތި ހަގީގަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ