މުސްކުޅި އާބާދީއަކަށް ބަދަލުވަމުންދާއިރު، މުސްތަގްބަލުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރު ކުރުމަށް ދިވެހި ޒުވާނުންނަށް ބޮޑު އިންވެސްޓެއް ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ l- މިއަދު ފާހަގަ ކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، 2062 އަހަރުގެ ނިޔަލަށް، ރާއްޖޭގެ އާބާދީގެ ފަސްކުޅަ އެއްބައި މީހުން، 65 އަހަރުން މަތީގެ މީހުންނަށް ވާނެ އެވެ. އެހެންވެ، އުމުރުން ދުވަސްވީ މުޖުތަމައެއްގައި ހުރި ގޮންޖެހުންތަކާއި ކުރިމަތިލުމަށް، ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ޒުވާނުންގެ އާބާދީއަށް އެމަނިކުފާނު ކޮށްެދެއްވުމަށް ވައުދުވެވަޑައިގެންފައިވާ ކަންކަން މިއަދު އަލުން ތަކުރާރު ކުރައްވާފަ އެވެ. އެގޮތުން:
މަސައްކަތް ކުރުމުގައި ލުއި އިންތިޒާމުތައް
އަގުހެޔޮ ބޯހިޔާވަހިކަން
ފެންވަރު ރަނގަޅު ތައުލީމް
ހަމަހަމަ ސިއްހީ ހިދުމަތުގެ ނިޒާމް
އޭގެ އިތުރުން ދަރިމައިވުމުގެ ސިއްހަތުގެ ފެންވަރު ރަނގަޅު ކުރުމާއި ކައުންސެލިން ދިނުން ފަދަ ހިދުމަތްތައް އަދި ދިރިއުޅުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތަމްރީނު ކުރުމުގެ މުހިއްމުކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެނގުން މުހިއްމު- ރާއްޖޭގެ އާބާދީއާ ގުޅޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އާބާދީގެ %65، 2050 ވަނަ އަހަރު އަންނައިރު 14 ޕަސެންޓަށް އިތުރުވާނެ އެވެ. އަދި ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް މިހާރު ވަރަށް ބޮޑަށް ދަށްވަމުންދާއިރު، މުސްކުޅި އާބާދީއަކާ ދިމާއަށް މިސްރާބު ޖަހާފައިވާކަމުގެ ކަންބޮޑުވުން، ކަމާ ގުޅޭ އިދާރާތަކުން ދަނީ ފާޅުކުރަމުންނެވެ.
އާބާދީ މުސްކުޅިވަމުން ދާއިރު، ޒުވާނުންނަށް އިންވެސްޓްކުރުން މުހިއްމު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ