އާސެނަލާއި ޔުނައިޓެޑުން ފާރަލަމުން އައި ސެސްކޯ ހޯދަން އަލް ހިލާލް ރޭހަށް އާސެނަލާއި ޔުނައިޓެޑުން ފާރަލަމުން އައި ސެސްކޯ ހޯދަން އަލް ހިލާލް ރޭހަށް

ލައިޕްޒިގު، ޖަރުމަނު (ޖުލައި 11) - ޖަރުމަނުގެ އަރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ސްލޮވީނިއާގެ ގައުމީ ޓީމުގެ ފޯވާޑް، ބެންޖަމިން ސެސްކޯ އަށް އިނގިރޭސި ދެ ޓީމު ކަމަށްވާ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުން އަންނަނިކޮށް، ސައުދީ ޕްރޯ ލީގުގެ ގަދަބާރު، އަލް ހިލާލުން ވެސް އެ ރޭހުގައި ބައިވެރިވެއްޖެ އެވެ.
މިދިޔަ ސީޒަނުގެ ހުރިހާ މުބާރާތެއްގައި، 21 ގޯލު ޖެހި 22 އަހަރުގެ ސެސްކޯ އަކީ މި ފަހަރުގެ ޓްރާންސްފާގައި، އާސެނަލާއި ޔުނައިޓެޑުން ބޭނުންވާ ލިސްޓުގެ ކުރީގައި އޮތް ކުޅުންތެރިއެކެވެ. އަދި، އާސެނަލުން ސެސްކޯގެ ސޮއި ހޯދުމާ ވަރަށް ގާތަށް ޖެހިލި، ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ވެސް ކުރި އެވެ.
ސްވިޑެންގެ ފޯވާޑް، ވިކްޓަ ޔޯކެރޭޝް ހޯދަން އާސެނަލާއި ޔުނައިޓެޑުން ވާދަކުރި ގޮތަށް، ސެސްކޯ އަށް ވެސް ދެ ޓީމުން ވަރަށް ފާރަލި އެވެ. އެކަމަކު، މިހާރު ސިމޯން އިންޒާގީ ކޯޗުކޮށްދޭ ސައުދީ ޕްރޯ ލީގުގެ ގަދަބާރު، އަލް ހިލާލުން ވަނީ ސެސްކޯގެ ސޮއި ހޯދަން ވަރުގަދަ އަށް މަސައްކަތް ފަށައިފަ އެވެ.
ކުރިން ރެޑްބުލް ސަލްޒްބާގަށް ކުޅުނު ސެސްކޯގެ ސޮއި ހޯދަން، 70 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ވެސް އަލް ހިލާލުން ތައްޔާރެވެ. އަލް ހިލާލް އިން ވަނީ، އޭސީ މިލާނަށް ކުޅޭ ފްރާންސްގެ ފުލްބެކް، ތެއޯ ހެނާންޑޭޒް ވެސް ގަނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ