ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ 43 އަހަރުގެ މީހަކު މަރުވެއްޖެ

ހާލު ދެރަވެގެން އިމަޖެންސީކޮށް އައިޖީއެމްއެޗް ހޮސްޕިޓަލަށް މިއަދު ގެންދިޔަ 43 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
ވީކިހިނެއް؟ - ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހޮސްޕިޓަލުގައި އެ މީހަކު މަރުވި ކަމުގެ މައުލޫމާތު ފުލުހަށް ލިބުނީ ހެނދުނު 10 ޖަހާއެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި މަރުވީ:
މުހައްމަދު ރަޝީދު/ މއ. ސައިނޯސަރު
އޭނާ ހާލު ދެރަވެފައި އޮއްވާ ފެނުނީ ވެސް މއ. ސައިނޯސަރުންނެވެ. އޭނާއަށް ދިމާވި ސިއްހީ މައްސަލައެއް އަދި ނޭނގެ އެވެ.
ފުލުހުން ބުނީ އެ ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެ މުއައްސަސާއިން ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ