މިރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާފަންނު ބަސް ސްޓޭޝަން ކުރިމަތިން މިރޭ އެކްސިޑެންޓެއް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.
ތަފްސީލް - އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި އެވެ. މަރުވީ އޭގެ ތެރެއިން އެކަކެވެ.
ބާކީ ތިބި ދެ މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު، އެ ދެ މީހުންގެ ވެސް ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ހުރި 'ދައުރު'ގެ ނޫސްވެރިޔަކު ބުނީ އެކްސިޑެންްޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލު ނުވެ، އެ ވަގުތު މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހިގެން ކަމަށެވެ. އެ ވަގުތު އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގެ ދަށުވީ ކަމަށް ވެސް ނޫސްވެރިޔާ ބުންޏެވެ.
'ދައުރު'އަށް ލިބިފައިވާ ވީޑިއޯ އިން ފެންނަނީ އެކްސިޑެންޓުގައި ދެ މީހެއްގެ ބޯ ވަރަށް ބޮޑަށް ފެޅިފައިވާ ތަނެވެ. އޭގެ ތެރެއިން އެކެއްގެ ބޮލުގެ ފުށްކިބަ ވަރަށް ބޮޑަށް ގޭނި، ގިނަ އަދަދެއްގެ ލޭ ފައިބައިފައި ހުއްޓާ ފެނެ އެވެ.
އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ؛ 2 މީހުން ސީރިއަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ