އޮރިޔާންކާޑު ހުރި ކަމަށް ބުނެ ދިވެހި ފިރިހެނަަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފަައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ވީކިހިނެއް؟ - ފިރިހެނަކު ބްލެކްމެއިލްކޮށްގެން މިހާ ގިނަ ފައިސާ ހޯދި ކަމުގެ މައްސަލައެއް، ފުލުހުން މިއަދު ބުނި ގޮތުގައި، ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުގަ އެވެ.
ތަފްސީލް - އެ މައްސަލާގައި ތުހުމަތުކުރެވޭ ފިރިހެން މީހާއަކީ އިތުރު އަންހެނަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެކެވެ. ދެ މީހުން ވެސް އިއްޔެ ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ވަނީ ކޯޓުން ޖަހައިފަ އެވެ.
ހައްޔަރުކުރި ދެ މީހުންނަކީ:
މުހައްމަދު ފަވާޒު ލުތުފީ، 32، ލިލީގަސްދޮށުގެ/ ސ. ފޭދޫ
އާމިނަތު ފައިނާޒް، 33، މއ. ޔެލޯޑައިމަންޑް
ފުލުހުންގެ ތަހުގީގުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް އެއްކޮށް ގިނަ ކަންކަން ބަލާފައިވާ ކަމަށް ބުންޏެވެ. އެ ގޮތުން:
ފަވާޒު ހުޅުމާލޭގައި ދިރިއުޅޭ ކަމަށް ބެލެވޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު ސިމް ކާޑުތަކަކާއި ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ކުރި ރަބަރު ޕެކެޓެއް އަދި މަސްތުވާތަކެތި ވިޔަފަރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައި
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް، ފައިނާޒް ލައިގެން ހުރި އަންނައުނު ތެރެއިން ފެނިފައިވޭ
އޮރިޔާން ކާޑު ހުރި ކަމަށް ބުނެ ފިރިހެނަކު ބްލެކްމެއިލްކޮށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ