މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯއިން މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު ހެނދުނާއި މެންދުރުފަހުގެ ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނިން މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު ހެނދުނު 09:30 އިން ފެށިގެން 10:30 އަށް މާލޭ ސިޓީގެ ކަޅުހުރާ މަގު އަދި ކަރަންކާ މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށެވެ.
އަދިހަމައެހެންމެ، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން 16:30 އަށް މާލޭ ސިޓީގެ ސާރިއުވަރުދީ އަދި ޗަނބޭލީ މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެކަމަށް ވެސް އެކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ