ކުޅުދުއްފުށީ ކުނގޮނޑުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ހިދުމަތް މެދުކަނޑާލާފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސލުން އިއުލާނުކޮށްފި އެވެ.
އެކައުންސިލުން ބުނީ އަލީފާންގަނޑު ކޮންޓްރޯލްކުރެވުނުހާ އަވަހަކަށް ހިދުމަތް އަނބުރާ އިއާދަކުރެވޭނެ ކަމަށެވެ.
މިއަދު މެނދުރު ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ ކުނިކޮށީގައި ހުންނަ ބޮޑު ކުނިފުނީގައި އެވެ. އެ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވެއެވެ.
އަލިފާން ނިވުމުގެ މަސައްކަތުގައި ކުޅުދުއްފުށީ އެއާޕޯޓްގެ ފަޔާމަނުންގެ އިތުރުން ސިފައިންނާއި އެކި މުއައްސަސާތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ބެލެވޭގޮތުގައި ކުނިގޮނޑުގައިހުޅުހިފީ ހޫނު ގަދަވުމުގެ ސަބަބުންނެވެ. ތަފާތުއެކި ބާވަތުގެ ކުނި ޖަމާކުރާ ތަނަކަށްވުމުގެ ސަބަބުން ގޭސް އުފެދި ދޭތެރެ ދޭތެރެއިން ހުޅުހިފަ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ހިދުމަތް މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ