ގއ އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނިގެ ބޮޑު ހާދިސާއެއް ހިނގައިފި

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ސްކޫލުގެ އެއް އިމާރާތް އެއްކޮށް އަނދައިފިއެވެ.
މި އަލިފާނުގެ ހާދިސާގައި އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކްލާސްރޫމް އަނދާފައި ވާ ކަމަށް އެރަށުން ވަނީ މައުލޫމާތު ލިބިފައެވެ.
750 އެއްހާ ދަރިވަރުން ކިޔަވުން އަންނަ ތައުލީމަރުކްޒުގެ ޕްރައަރީ ޓީޗަރުންގެ ބައިގައި އަލިފާން ރޯވާން ދިމާވީ އޭސީ ޔުނިޓެއްގައި ރޯވެގެން ކަމަށް ސްކޫލުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަންނަ ހަފްތާގައި ކިޔެވުން ފެށުމުގެ ކުރިން ހޮނިހިރު ދުވަހު އޮންނަ އިންޔިހާބަށް ސްކޫލު ބޭނުން ކުރާނެއެވެ.
އަލިފާނުގެ ހާދިސާ ހިނގި އިމާރާތާއި އިންތިހާބު ބާއްވާ ހޯލު ހުންނަ އިމާރް އެއް ގޯއްޗެއްގައި ހުރި ނަމަވެސް އިންތިހާބީ މަރުކަޒަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެން ކަމުން އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނެއެވެ.
އޮފިޝަލުން އިތުރަށް ވިދާޅިވީ، މި އަންނަ ހަފްތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިނަރީއާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ކިޔެވުން ނުހުއްޓޭނެފަދަ ގޮތަށް އިސްކޫލުގެ ކަންކަން ދަނީ އިންތިޒާމު ކުރަމުންނެވެ.
ރޭގެ އަލިފާން ނިންވުމުގައި ވިލިނގިލީގެ ރައްޔިތުންގެ ތެރެއިން ގިނައަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ