އެނދުގެ އަރިމައްޗަކަށް އިށީނދެލައިގެން އިންއިރު މައިރާގެ އަތަށް ދިޔައީ ބެޑުޝީޓު ބޮނޑި ކުރެވެމުންނެވެ. އޭނާއަށް ބަލައިލެވުނީ އެނދާ އިންވެގެންހުރި ސައިޑް ކަބަޑުގެ މަތީގައި ބަހައްޓާފައިހުރި ކަޅުކުލައިގެ ކަރުދާސް ކޮތަޅަށެވެ. އެއީ އިވާން އެގެއަށް އައި ފުރަތަމަ ދުވަހު އޭނާއަށް މޭވާ ގެނެސްދިން ކޮތަޅެވެ. މިހާރު ހުސްކޮށްހުރި ކޮތަޅެވެ. މައިރާގެ ގަޔަށް އަރައިގެންދިޔަ ބާރާއެކު ކުޑަކޮށް ހަޅޭލަވައިގަންނަމުން އެ ކޮތަޅުގައި އަތުން ޖަހައި ދުރަށް ހޫރައިލި އެވެ.
----------
ޑިއުޓީ ނިންމައިލުމަށްފަހު އޮފީހުން ނުކުތް މައިރާގެ ފުރަތަމަ މަންޒިލަކަށްވީ އިވާން މަސައްކަތްކުރާ ގަރާޖެވެ. އިންޒާރަކާނުލައި އެތަނުގެ ތެރެއަށް ވަދެގެން ދިޔަގޮތުން އޭނާއަކީ އެތަނުގެ ވެރިޔާއޭ ހީވާކަހަލަ އެވެ. އިވާން ފެނުމާއެކު ހަރު ހިނގުމެއްގައިގޮސް އިވާންގެ ކުރިމައްޗަށް މަޑުކޮށްލި އެވެ.
"އިވާން ރަށަށް ދަނީތަ؟" މައިރާގެ ސުވާލު ނީވޭކަމަށް ހަދަމުން އިވާން އޭނާގެ މަސައްކަތާއިގެން ކުރިއަށްދިޔަ އެވެ.
"އަޑެއް ނީވޭތަ؟ އަހަރެން މި އަހަނީ އިވާން ރަށަށް ދަނީހޭ؟" މައިރާ ކުއްލިއަކަށް އިވާންގެ އަތުގައި އޮތް ރެންޗު އަތުލުމަށްފަހު ދުރަށް ހޫރައިލި އެވެ. އޭރު އެތަނާ މާ ދުރުނޫން ހިސާބެއްގައި މަސައްކަތްކުރަމުންދިޔަ އައުޒަމްގެ ސަމާލުކަންވެސް އެމީހުންނަށް ހުއްޓިއްޖެ އެވެ. ރުޅިން ރަތްވެފައިވާ މައިރާގެ މޫނާއި، ބުމަ ގޮށްޖަހާލައިގެންހުރި އިވާން ފެނުމާއެކު އޭނާ އެތަނުން ނުކުތީ އެ މައްސަލަގަނޑާ ވީހާވެސް ދުރަށް ދާށެވެ.
"އިވާން ރަށަށް ފުރަން އުޅޭ ހަބަރުވެސް އަހަރެންނަށް މި އިވެނީ އެހެން މީހުންގެ ފަރާތުން. މިއީތަ މިކަން އޮންނަންޖެހޭ ގޮތަކީ؟ އަހަރެންނަށް އަންގާވެސްނުލާ ކޮންމެ ދުވަހަކު މަލްއާ ބައްދަލުކޮށް... ކޮބާތަ އިވާންގެ މަގްސަދަކީ؟" މައިރާއަށް ފުލުފުލުގައި ސުވާލުތައް އަމުނައިލެވުނެވެ.
"ތިއީ ކާކުތަ؟" އިވާން އޭނާގެ ރުޅި ކޮންޓްރޯލް ކުރުމަށްޓަކައި ދެލޯ މަރައިލަމުން ފުން ނޭވާއެއް ދޫކޮށްލި އެވެ. އޭރު މައިރާ ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. "އަހަރެން މި އެހީ ތިއީ ކާކުހޭ؟ އަހަރެން ދާހާ ތަނަކާ އުޅޭ ނޫޅޭ ގޮތަކާ ބަލަން ތިއީ ކާކުހޭ؟ ކިތައް ފަހަރުތަ ހަނދާން ކޮށްދޭންވީ މައިރާއަކަށް މިހާރު އެ ހައްގެއް ނެތޭ! ކީއްވެތަ ތިމާ މީހާގެ ހައިސިއްޔަތު އޮޅިގެން ތި އުޅެނީ؟" އިވާން ހަނދާންކޮށްދިން ހަގީގަތާއެކު މައިރާއަށް ހީވީ އޭނާގެ މޫނުމަތީގައި ބާރު އެތިފަހަރެއް އަޅުވައިލެވުނު ހެނެވެ.
"އަހަރެން ދާތަނެއް.. ބައްދަލުކުރާ މީހެއް.. މައިރާ ބަލާކަށް ނުޖެހޭނެއޭ. އަހަރެން ނުޖެހޭނެ ކޮންމެ އަންހެނަކާ ވާހަކަދެއްކުމުގެ ކުރިން މައިރާގެ ހުއްދަ ހޯދާކަށް!" އިވާންގެ ޖަވާބާއެކު އަނެއްކާވެސް މައިރާ ރުޅިވެރިކަމާއެކު އިވާންއަށް ބަލައިލި އެވެ.
"އަހަރެން މަލްއަށް ހަގީގަތް ނާންގަންވެގެން އިވާންގާތު އިދާންގެ ރޯލު ކުޅެދޭން ބުނީމަ ދޯ މައްސަލައަކަށް ވީ. އޭރު މަލްއަކީ ތިމަންނާ ކޮއްކޮގެ ގަރލްފްރެންޑޯ! އަދި އިދާން ނިޔާވިތާ ދެ ހަފްތާ! އަވަހެއްނު މަލްއާ ގުޅުން ބަދަހިކުރީ-"
"މައިރާ!" އިވާން އަޑަށް ބާރުލަމުން ގޮވައިލުމާއެކު މައިރާގެ ޖުމްލަ މެދުކެނޑުނެވެ. "މިހާރު އަހަރެންނަށް އެނގިއްޖެ މައިރާގެ އަމަލުތައް އެކަންޏެއް ނޫންކަން ކޮރަޕްޓީ! ޔޯރ މައިންޑް އިޒް ޖަސްޓް އޭޒް ކޮރަޕްޓް! މައިރާއާއި ނަދާލްއާ ތިއީ ހަމަ އެކައްޗެއް!" އޭނާއަށް ގަބޫލުނުކުރެވިފައި ހުރެ ދެފަރާތަށް ބޯ ހޫރައިލެވުނެވެ.
"އަހަރެން މަލަކްއަށް މި އެހީވަނީ މިކަންތަކުން އަރައިގަންނަން. ލޯބިވާ މީހުން ގެއްލޭ ހިސާބަކުން، ނޫނީ ދިރިއުޅުން ހުއްޓިއްޖެއޭ ހީވާ ހިސާބަކުން އަދި ދިރިހުރުމެއް ނުހުއްޓެއޭ! އެކަން އެންމެ ރަނގަޅަށް އެނގޭނީ އަހަރެންނަށް ދޯ؟ ނޯބޮޑީ ޕްރިޕެއަރޒް ޔޫ ޓު ބެރީ ޔޯރ އޯން ސިބްލިންގް އެންޑް އައި ޑިޑް ދެޓް! ސޯ ފޮގިވް މީ ފޯރ ވޯންޓިންގް ޓު ޝެއަރ މައި ސޮރޯޒް ވިތް ސަމްވަން" އިވާން ބުންޏެވެ.
"އަހަރެންވެސް މިހިރީނު. އިވާން ބޭނުން ވާހަކައެއް އަހަރެންނާ ދެއްކޭނެއޭ" މައިރާގެ އަޑުގައިވި ހަރުކަށިކަން ފިލައިދިޔަ އެވެ.
"މައިރާގެ ލައިފްގަ އެއްވެސް އިރަކު ހުރި މީހެއް ނޫނޭ ދާނުއަކީ. ކިހިނެއްތަ މަލްއާ ރިލޭޓްވާހެން މި ކަންތަކުގަ މައިރާއާ ރިލޭޓްވާނީ؟" އިވާން އަހައިލި އެވެ.
"ދެން މަލްމެން ގޮވައިގެންތަ ރަށަށް ދަނީ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު މައިރާ އަހަން ނާހަން ހުރެފައި އެއްސެވެ.
"މަލަކްގެ ބައްޕަ ތިވާހަކަ ދެއްކި. އަހަރެން ބުނިން ގޭގަ މަޑުކުރެވޭނެއޭ. ބާކީ ކަންތައްތަކުގެ ޝޯންގެ މަންމައަށް ގުޅީމަ މިހާރު އޯކޭ ދީފި. މާދަމާ ފުރަނީ" އިވާން ކުރުގޮތަކަށް މައިރާއަށް އެކަމުގެ މަޝްވަރާތައް ގޮސްފައިވާ ހިސާބު ކިޔައިދިނެވެ. މައިރާ ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެނެވެ. އެމީހުން އެހާ އަވަހަށް ފުރައިގެން ގޮސްދާނެކަމަކަށް މައިރާއަށް އުއްމީދު ކުރެވިފައެއް ނެތެވެ. ބިންމައްޗަށް ވެއްޓިފައި އޮތް ރެންޗު ނަގައިގެން އިވާން މަސައްކަތުގެ ތެރޭގައި އަވަދިވި އިރުވެސް މައިރާއަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނީ އެވެ.
----------
ގެއަށް ވަތްއިރު، ހުޅުވައިލެވިފައިވާ ޓީވީއިން ދައްކަމުންދިޔަ ޕްރޮގްރާމަކަށް ނަޒަރު ހުއްޓާލައިގެން އިން އައިލީންފެނި ނަދާލްގެ ހިތުގައި އުފެދުނީ ކަންބޮޑުވުމެވެ. އައިލީންގެ ދެލޯ ޓީވީއާ އަމާޒުވެފައި ހުއްޓެއްކަމަކު އެ ސިކުނޑިވަނީ ޓީވީން ފެންނަމުންދިޔަ މަންޒަރުތަކާ މާ ދުރުގައިކަން ނަދާލް ދެނެގަތެވެ. ނޫންނަމަ އޭނާ އެތަނަށް ވަތްކަމުގެ ހިލަމެއްވެގެން ބަލައިލީހެވެ. އޭނާ އައިލީންގާތު ސޯފާގައި އިށީން އިރުވެސް އައިލީންއަށް ކަމެއް ރޭކައި ނުލި އެވެ. އެހެންކަމުން އައިލީން މާބޮޑަށް ސިހިދާނެކަމުގެ ބިރުގައި ނަދާލް އައިލީންގެ ކޮނޑުގައި ޖައްސައިލުމަށް ހިއްލައިލި އަތް ތިރިކޮށްލުމަށްފަހު މަޑުމަޑުން އައިލީންއަށް ގޮވައިލި އެވެ.
"ކިހިނެއްވެފަ ތި އިނީ؟" އައިލީންގެ ސަމާލުކަން ލިބުމާއެކު ނަދާލް އަހައިލި އެވެ.
"ކަމެއް ނުވޭ" އައިލީން ދެފަރާތަށް ބޯހޫރައިލި އެވެ. ނަދާލް އިތުރު ސުވާލެއް ނުކުރީ އެއީ ބޭކާރު ކަމެއްކަން އެނގޭތީ އެވެ.
"ލޫނާއަށް އެއްޗެއް ހިފައިގެން މި އައީ؟" ނަދާލް އަތުގައިހުރި ކޮތަޅު މޭޒުމަތީގައި ބަހައްޓައިލަމުން އޭގެއިން ނެގީ ދެ އިނގިރޭސި ވާހަކަ ފޮތެވެ.
"އަހަރެންނަކަށް ނޭނގޭނެ އަސްލު ލޫނާއާ އެއްވަރަކަށް މި ލިޓްރޭޗަރގެ ކަންކަމެއް... 'ޕްރައިޑް އެންޑް ޕްރެޖުޑިސް' އިޒް ޖަސްޓް އަ ސޭފް ބެޓް.. ދެން މިއީ 'ދަ ޑޭ ބިފޯރ ހެޕިނަސް' ކިޔާ ފޮތެއް. އިޓާލިއަން ކްލާސިކެއް ތިއީ.. އަހަރެންގެ މަންމަ ކިޔާ އުޅުނު ފޮތެއް. މިބުނީ.. އޭގެ އިންގްލިޝް ޓްރާންސްލޭޝަން" ނަދާލް ކިޔައި ދިނެވެ. އޭރު އައިލީން އިނީ ފުން ނަޒަރަކުން ނަދާލްއަށް ބަލަހައްޓައިގެނެވެ. "ނަދާލް.."
"ލައްބާ" އައިލީން ގޮވައިލުމާއެކު ނަދާލް އާދައިގެމަތިން ހިނިތުންވެލި އެވެ.
"ދުވަހަކުވެސް ހަނދާންވޭތަ؟ މަންމަ މަތިން.. މިބުނީ.. ނަދާލްގެ އަސްލު މަންމަ" އައިލީން ސޯފާ މައްޗަށް ކުރުކޮށްލައިގެން އިން ދެފައި ގެނެސް މޭގައި ޖައްސައިލުމަށްފަހު ކަކުލުގައި ބައްދައިލަމުން ބުންޏެވެ.
"ހަނދާންވާނެ ދޯ.. އަބަދުވެސް" ނަދާލްގެ ތެދުތެދަށް ޖަވާބުދިނެވެ.
"ދެން ބައްޕައޯ؟ ބައްޕަމަތިން ހަނދާންވޭތަ؟" އައިލީން އަހައިލި އެވެ.
"ހެހެ. ލޫނާ ދައްކާ ވާހަކަ.. ދުވަހަކުވެސް ނުފެންނަ.. ނުވެސް އެނގޭ މީހަކު މަތިން ހަނދާން ވާނީ ކިހިނެއްތަ؟" ނަދާލްގެ ހުނުމުގައި އުފާވެރިކަމެއް ނެތެވެ.
"ވަޓް އަބައުޓް ޔޫ؟ ހަނދާންވޭތަ؟" ނަދާލް އައިލީންއާ އެ ސުވާލުކޮށްލީ އައިލީން އެ މައުޟޫއު ހިއްސާކުރަން ބޭނުންވެފައި ހުރިހެން ހީވާތީ އެވެ.
"ބައެއްފަހަރު.. އެކަމަކު ހަނދާންވެފަވެސް ފޫހި ވަނީ" އައިލީން ދެކޮނޑު އަރުވައިލުމަށްފަހު ނަދާލްއާ ނަޒަރު ވަކިކޮށްލި އެވެ.
"ލޫނާ.. އަރ ޔޫ އޯކޭ؟ އައި މީން.. ދާނު.." އައިލީންގެ އަތުގައި ހިފައިލަމުން ނަދާލް އަހައިލި އެވެ.
"ހްމްމް. އަސްލު ތެދަށް ބުނަންޏާ އަހަރެން ދާނުއަކާ އެހާ ކްލޯޒްއެއް ނުވާނެ. ވަރަށް ކުޑައިރު އެންމެން ރަށުގަ އުޅުނު ހަނދާންވޭ. އޭގެ ފަހުން ބޮޑުބެ ނިޔާވީމަ ދައްތަ މާލެ ބަދަލުވި ހިސާބުން އެއްވެސް ވަރަކަށް ގުޅުމެއް ނުބޭއްވޭ. މިހާރު ކިރިޔާވެސް ކްލޯޒް މީހަކަށް ހުންނާނީ އިވާން. އަހަރެން މާމަ ގާތަށް ބަދަލުވިތާ މާ ދުވަހެއްނުވެ އިވާންވެސް ޓްރެއިނިންގް ނިންމާފަ ރަށަށް ބަދަލުވީ. ބަޓް އައި ގެސް މިހާރު ދެން.. އިވާންއެއްވެސް ނެތް.. ދޯ؟" އައިލީން ބުންޏެވެ.
"އައިމް ސޮރީ ލޫނާ.." ނަދާލްއަށް ބުނެވުނެވެ.
"އެއީ ކީއްވެ؟ ނަދާލް އަހަރެންނާ ދޭތެރޭ ހަމްދަރުދީ ވާކަށް ނުޖެހޭނެ. ނަދާލްގެ ލައިފްވެސް އަހަރެންނާ ތަފާތެއް ނެތެއްނު؟" އައިލީންގެ ސުވާލަށް ދެބަސްވަމުން ނަދާލް ބޯ ހޫރައިލި އެވެ. "ތަފާތު.. ވަރަށް ތަފާތު" އޭނާ ބުންޏެވެ.
"ލޫނާ.. އައި.. އެވްރީތިންގް އައި މިސްޑް އޭޒް އަ ކިޑް.. އައި ހޭވް ނައު. ލޯބިވާ މަންމައަކާ ބައްޕައެއް އެބަހުރި. ފައިސާ އެބަހުރި. އޮންލީ ޔޫ ވަރ މިސިންގް. އެންޑް އައި ލައިކް ޓު ބިލީވް ދެޓް ނައު އައި ހޭވް ޔޫ ޓޫ" ނަދާލް ފަރުވާތެރިކަމާއެކު އައިލީންގެ މޫނަށް ގޯނާކުރަމުންދިޔަ ފަން އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ކަންފަތްދޮށުގައި އަޅުވައިލި އެވެ. "ބަޓް ޔޫ.. ޔޫ ހެޑް އެވްރީތިންގް އޭޒް އަ ކިޑް. އެންޑް އޮންލީ ލޮސްޓް ދެމް ލޭޓަރ. އެވެސް އަދި މައިންބަފައިން ދުނިޔޭގަ ތިބެމެ. ހަމަ ޔަގީނުންވެސް އެ ވޭން މާ ބޮޑުވާނެ. އައިމް ސޮރީ.. ލޫނާގެ ފަރާތުން އަހަރެންނަށް ލިބުނީ ހަމައެކަނި އުފާވެރިކަން. އެކަމަކު އަހަރެން ލޫނާއަށް ނުދެނީ ކޮން ހިތާމައެއް؟ އަހަރެން.. އަހަރެންނަކަށް ނޭނގެ މަޢާފަށް އެދޭނެ ގޮތެއްވެސް. އަހަރެންގެ ހިތާމަތަކަކީ ލޫނާ ޓޮލެރޭޓް ކުރި ކަންކަމާ ބަލާފަ އެކައްޗެއްވެސް ނޫން" ނަދާލްއަށް ކުށްވެރިއަކު ފަދައިން އިސްޖަހައިލެވުނެވެ.
"ތިހެން ނުބުނޭ" އައިލީން އެއްއަތުން ނަދާލްގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލި އެވެ. "އެއްވެސް މީހެއްގެ ހިތާމައަކީ އަނެކާގެ ހިތާމައާ އަޅާ ކިޔޭނެވަރުގެ ހިތާމައެއް ނޫން. ޔޯރ ޕެއިން އިޒް ވެލިޑް ޓޫ"
އައިލީންގެ އޯގާތެރި ލަފްޒުތައް ނަދާލްގެ ހިތުގައިވާ ކޮންމެ ފާރެއް ފުނޑުފުނޑު ކޮށްލިއެވެ. އަޖައިބެކެވެ. އައިލީންގެ ހަޔާތް އަނދިރިކަމުން ވަށައިލެވިފައިވެސް އެ މޫނުގައި އެވަނީ ކޮންފަދަ އަލިކަމެއް ހެއްޔެވެ؟ އައިލީންގެ ކޮންމެ ހަރަކާތެއް އަދި ކޮންމެ ލަފްޒެއްގައި މިވަނީ ކޮންފަދަ ޖާދޫއެއް ހެއްޔެވެ؟ އޭނާއަށް އިންސާނަކުދެކެ ލޯބިވެވޭނެ އެންމެ މަތީ ދަރަޖައަށް އައިލީންދެކެ ލޯބިވެވިއްޖެއޭ ހީވާ ކޮންމެ ފަހަރަކު އައިލީން އެކަން ދޮގުކޮށްދެނީ އަނެއްކާވެސް އޭނާގެ ހިތުން އިތުރު ޖާގައެއް ހޯދަމުންނެވެ.
"އައި ލަވް މިސްޓަރ ޑާރސީ!" ނަދާލްގެ ބެލުމުން އުނދަގޫވެފައި އިން އައިލީން މޭޒުމަތިން ނެގި ފޮތް ހުޅުވައިލަމުން ބުންޏެވެ.
"ވެލް.. ލަކީ މިސްޓަރ ޑާރސީ" ނަދާލް ފުން ނޭވާއެއް ދޫކޮށްލަމުން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލި އެވެ.
"ޔޫ މީން؟" އައިލީންއަށް އަހައިލެވުނެވެ.
"އައި މީން.. ލަކީ ދެޓް ހީ އިޒް ފިކްޝަނަލް.. އިފް ހީ ވޯޒް ރިއަލް އައި މައިޓް ހޭވް ޓު ކިލް ހިމް.. އައި ކާންޓް ޝެއަރ ޔޯރ ލަވް ލޫނާ" އޭނާ އާދައިގެ ރާގެއްގައި ބުނެލި އެވެ. ނަދާލްގެ މޮޔަކަމާމެދު ހިތާހިތުން ކުދިކިޔަމުން އައިލީން އެ ފޮތުގެ ފުރަތަމަ ސަފްހާ ކިޔަންފެށި އެވެ.
"ލޫނާ... އަހަރެން ލޫނާގާތު ދައްކަންޖެހޭ ވާހަކައެއް އެބަ އޮތް" ނަދާލް އަނެއްކާވެސް އައިލީންގެ ސަމާލުކަން ހޯދަން މަސައްކަތްކުރި އެވެ. އައިލީން ނަދާލްއަށް ބަލައިލަމުން ބުމަ އަރުވައިލީ "ކޮން ވާހަކައެއް" ހޭ އަހައިލާފަދަ ގޮތަކަށެވެ.
"ލޫނާއަށް އެނގެއެއްނު އިވާން މިހާރު މިނިވަންވެއްޖެކަން. އިވާން ވަރަށް ގިނައިން އަންނާނެ މަލް ގާތަށް. އަސްލު މަލްއަކީ.." ނަދާލް ކުރުގޮތަކަށް މަލަކްއާއި އިދާންގެ ވާހަކައިން ފެށިގެން އިވާންއާއި މަލަކް ބައްދަލުވި ގޮތާއި، އެ ދެމީހުންގެ ބައްދަލުވުންތަކުގެ ވާހަކަ އައިލީންއާ ހިއްސާކުރި އެވެ. "މަލްވެސް މިހާރު ވަރަށް ރަނގަޅު. ދެން ކުޑާއްތަމެން އެބަ ރެޑީވޭ ދުވަސްކޮޅަކަށް މަލް ގޮވައިގެން އިވާންއާއެކު ރަށަށް ފުރަން. މާދަމާ ނޫން އަނެއްދުވަހު ފުރާނެ" ނަދާލްގެ ރާގު ހުރިގޮތުން އެ ވާހަކަ އެހިސާބުން އަދި ނުނިމޭކަން އައިލީންއަށް ޔަގީންވި އެވެ. "ދެން؟" އޭނާ އެއްސެވެ. ނަދާލް ކަމަކަށް ހިތްވަރު ލިބިގަންނަން އުޅޭ ފަދައިން ބޮޑު ނޭވާއެއް އެތެރެއަށް ދަމައިލި އެވެ.
"އަހަރެންނަށް އެނގޭ ލޫނާ ބޭނުންވެގެން ނޫންކަން މިތާނގަ އިންނަނީ. އެންޑް ލޫނާ އިވާންދެކެ ކިތަންމެ ރުޅި އައިސްފަ ހުއްޓަސް އަހަރެންނަށް އެނގޭ އިވާންއަކީ ގޮތަކަށް ބުނަންޏާ ލޫނާގެ ހަމައެކަނި ފެމިލީކަން. އިވާންގެ ފަރާތުން ލޫނާ ބޭނުންވާ ބައިވަރު ޖަވާބުތަކެއް ހުންނާނެކަންވެސް. ސޯ ލޫނާ.. ލޫނާ ބޭނުންތަ އެމީހުންނާއެކު ދާން؟" ނަދާލް އަހައިލި އެވެ.
އައިލީންއަށް ވިސްނައިލެވުނެވެ. ނަދާލް އެހާ ވަރަށް އޭނާ ހިފަހައްޓައިގެން ގެންގުޅޭ ގެންގުޅުން އޭނާއަކަށް އަދިވެސް ކަމަކުނުދެ އެވެ. ނަމަވެސް އޭނާ މިހާރު އެކަމަށް އާދަވާން ފަށައިފި އެވެ. މަޑުމަޑުން ނަމަވެސް ނަދާލްގެ އޯގާތެރިކަމާއި އަޅައިލުން ގަބޫލުކުރަން ފެށިއްޖެ އެވެ. އެކަން ނަދާލްއަށްވެސް އެނގޭނެ ނޫން ހެއްޔެވެ؟ ވީއިރު، ނަދާލްއާ އެހާ ގާތުގައި އޭނާ ގެންގުޅުމަށްފަހު ކުއްލިއަކަށް އެފަދަ ގޮތަކަށް އޭނާ ދޫކޮށްލަން ނިންމުމުން އެކަމާމެދު ދެކެންވީ ގޮތެއް އައިލީންއަކަށް ނޭނގުނެވެ. އެހެން ހިތަށް އެރުމާއެކު އައިލީންގެ ޟަމީރު އޭނާއަށް އަޑުލައިގަތެވެ. މިއީ އޭނާ ބޭނުންވެގެން އުޅުނު މިނިވަންކަމެއް ނޫން ހެއްޔެވެ؟ ދެން ނަދާލްގެ ސުވާލަށް ޖަވާބެއް ދޭން އޭނާ މި ފަސްޖެހެނީ ކީއްވެ ހެއްޔެވެ؟ ނަދާލް އޭނާގެ ފަރާތުން އުއްމީދު ކުރާނީ ކޮން ޖަވާބެއް ހެއްޔެވެ؟ މީގެ މިނެޓެއްހާއިރު ކުރިންވެސް ނަދާލް އެވަނީ ނުސީދާކޮށް އޭނާދެކެ ލޯބިވާކަމަށް އިގުރާރުވެފަ އެވެ. ވީއިރު ނަދާލް ބޭނުންވާނީ އޭނާ އެތަނުގައި މަޑުކުރަން ހެއްޔެވެ؟ ނޫނެކެވެ. އެހެންނަމަ މިއަދާ ހަމައަށް އައިއިރު ނަދާލް އިޒްކާއާއެކު އޮތް ގުޅުން ނިންމައިލީސް ނޫން ހެއްޔެވެ؟ ބަހާއި އަމަލުން އޭނާދެކެ ލޯބިވާކަމަށް ބުންޏަސް ހަގީގަތަކީ ނަދާލް އަދިވެސް ހުރީ ހަމަ އިޒްކާގެ ވާންއުޅޭ ފިރިމީހާގެ ގޮތުގައި ކަމެވެ. އެންމެ ރަނގަޅުވާނީ އެ ގުޅުމަށް ޖާގަ ދޭން އޭނާ ދުރަށް ދިޔުމެވެ. އޭރު އޭނާގެ ހިތަށްވެސް އެކަމުން ލިބޭ ރިހުން ކުޑަވާނެ އެވެ.
"ލޫނާ ބޭނުމިއްޔާ-"
"ބޭނުން! އަހަރެން ބޭނުން ދާން!" އައިލީން އަވަސްކަމާއެކު ބުންޏެވެ.
"އޯކޭ.." ނަދާލް ބަރު ހިތަކާއެކު އެއްބަސްވި އެވެ. އައިލީންގެ ޖަވާބު އެ އައީ އޭނާ އުއްމީދުކުރި ގޮތަކަށް ނޫނެވެ. "އެހެންވިއްޔާ.. އެހެންވިއްޔާ އަހަރެން ތިކަން ހަމަޖައްސަދޭނަން. ދެން މިރޭ ދޭ ނިދާލަން. މާދަމާ ހުކުރެއްނު" ނަދާލް ބޭނުންވީ އެކަނިވެލާށެވެ. އައިލީން ކޮޓަރިއަށް ވަނުމާއެކު ގޮތް ހުސްވެފައިވާ މީހަކު ފަދައިން ދެއަތް މޫނުގައި އުނގުޅައިލުމަށްފަހު އިސްތަށިގަނޑުގެ ތެރެއަށް މަހައިލި އެވެ.
"އާހް.. ކީއްވެ ލޫނާ؟ ކީއްވެ؟ އަހަރެންނަށް މި ކުރެވުނީ ބޭކާރު މަސައްކަތެއްތަ؟ ލޫނާއަކަށް ހަމަ ހަގީގަތުގަވެސް އަހަރެންނަކަށް މަޢާފެއް ނުކުރެވުނުތަ؟ އަހަރެން ދޫކޮށްލާފަ ދަނީތަ؟" ހިތުގައި އުފެދުނު އުދާސްތަކުން ލިބުނު ވަރުބަލިކަމުގައި ނަދާލްގެ ހަށިގަނޑު ސޯފާމައްޗަށް ދޫކޮށްލިއެވެ. ކޮންމެއަކަސް އެރޭގެ ނިދި ވެގެންދިޔައީ އޭނާއާ މުޅިން ބީރައްޓެހި އެއްޗަކަށެވެ.
ޖެހިގެން އައި ދުވަހެވެ. ނަދާލް ހުކުރުން ފައިބައިގެން އައިއިރު އައިލީން ދިޔައީ ދަބަހަށް އެއްޗެހި އަޅައި ތައްޔާރު ކުރަމުންނެވެ. ފުރުމުގެ ކަންތައް ހަމަޖެހިފައިވަނީ އިރު އޮއްސޭ ވަގުތަށް ކަމުގައިވިޔަސް އައިލީންގެ ހަރަކާތްތައް ހުރިގޮތުން އޭނާ ހުރީ ރަށަށް ދާން ކެތްމަދުވެފައޭ ހީވާ ކަހަލަ އެވެ.
ނަދާލްގެ ނަފްސަށް ވެރިވީ ބުނެދޭން ނޭނގޭފަދަ މާޔޫސް ކަމެކެވެ. ހިމޭންކަމާއެކު އައިލީންގެ ހަރަކާތްތަކަށް ބަލަން އިންދައި ދޮރުގައި ޓަކި ޖަހައިލި އަޑު އިވި ދޮރު ހުޅުވުމަށް ހިނގައިގަތެވެ. އައިލީންވެސް އޭނާގެ މަސައްކަތް ހުއްޓައިލުމަށްފަހު އައީ ކާކުތޯ ބެލުމަށް ދޮރު ކައިރިއަށް ޖެހިލި އެވެ.
"ނީމޯ؟" ނަޝްވާގެ ކޮނޑުގައި ބައްދައިލައިގެން އިން ދެއަހަރުގެ ނީކާ ފެނުމާއެކު ނަދާލްގެ މޫނު ވަގުތުން އުޖާލާވި އެވެ. އައިލީން ދާން އުޅޭކަމުގެ ހިޔާލުން ހިތަށް ލިބިފައިވި ނުތަނަވަސްކަމަށްވެސް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނުފަދަ އެވެ.
"އާހް... އައި މިސްޑް ޔޫ ސޯ މަޗް ޕިކޯލާ" ނަޝްވާގެ އަތުން ނީކާ ނަގައިގަނެގެން އެޕަރޓްމެންޓްގެ ތެރެއަށް ހިނގައިގަންނަމުން ނަދާލް ބުނެލި އެވެ.
"މި ދުވަސްކޮޅު ވަރަށް ހަލަނިކޮށް އުޅެނީ އެނގޭ" ނަޝްވާވެސް އެމީހުންނާއެކު އެތެރެއަށް ވަދެ ދޮރު ލައްޕައިލި އެވެ.
"އެ ތެދެއް؟ މަންމިއަށް އުނދަގޫ ކޮށްލަނީތަ އަންކަލްގެ ދޫނިކޮޅު؟" ނީކާ ގަޔާ ދުރުކޮށްލުމަށްފަހު ކުޑަކުޑަކޮށް ވައިގެ ތެރެއަށް ހިއްލައިލަމުން ނަދާލް އެކުއްޖާއާ ސަމާސާކޮށްލި އެވެ. އެއާއެކު ނީކާ ލޯބިގޮތަކަށް ހިނިގަނޑެއް ޖަހައިލުމުން މަންޒަރު ބަލަންހުރި އައިލީންއަށްވެސް އެދިމާލަށް ހިނގައިގަނެވުނެވެ. ނީކާގެ ކޮލުގައި ކޮށްޓައިލެވުނުއިރު އޭނާގެ ތުންފަތުގައިވެސް ވަނީ ރީތި ހިނިތުންވުމެކެވެ. ގިލަންވެރިކަމާއި، އެކަނިވެރިކަމުގައި ހޭދަކުރެވުނު ގިނަ ދުވަސްތަކަކަށްފަހު ހަގީގީ އުފާވެރިކަމުގެ މިންވަރެއް އިހުސާސް ކޮށްލެވުނެވެ.
"ބަލަ މިހިރީ ދައްތައެއް. ޕްރިޓީ ޕްރިޓީ ދައްތައެއް މިހިރީ" އައިލީން ގާތްވެލުމާއެކު ނަދާލް ބުނެލި އެވެ.
ނީކާ އިރުކޮޅެއް ވަންދެން އައިލީންއަށް ބަލަހައްޓައިގެން ހުރުމަށްފަހު ލަދުން މޯޅިވެލަމުން ނަދާލްގެ ކަރުދޮށުގައި މޫނު ފޮރުވައިލި އެވެ. އައިލީންވެސް ގޮތް ދޫކޮށްލަމުން އޭނާގެ އަތް ތިރިކޮށްލި އެވެ. މީގެ ކުރިން އޭނާއަށް ނީކާ ފެނިފައިވިނަމަވެސް ގުޅުން ބަދަހި ކުރާނެ ފުރުސަތެއް ނުލިބުނީތީ އެކުއްޖާ އޭނާއާ އެހާ ދޯޅެއް ނޫނެވެ.
"އަހަހަ.. މިއީ އަންކަލްގެ ކުއްޖެކޭ ދޯ؟" ނަދާލް ލުއި ހުނުމަކާއެކު ނީކާގެ ބޮލުގައި ފިރުމައިލަމުން ބުންޏެވެ.
"ލީން.. ކިހިނެއްތަ؟" ދާދި ގާތުން ނަޝްވާގެ އަޑު އިވުމާއެކު ނަދާލްއާއި އައިލީން ސިހިފައި އެދިމާލަށް އެނބުރުނެވެ. އޭރު ނަޝްވާގެ ދެލޯ އަމާޒުވެފައި ހުރީ ސީދާ އައިލީންއަށެވެ.
"ރަނގަޅު. ނަޝް ދޮންތި ކިހިނެއް؟" އައިލީން ޖެހިލުންވެފައިހުރެ އަހައިލި އެވެ.
"ރަނގަޅު" ނަޝްވާ ފަރުވާކުޑަ ޖަވާބަކުން ފުއްދައިލުމަށްފަހު ނަދާލްއަށް ބަލައިލި އެވެ. "ނެޑް.. ހަމަ ނުދާނަންތަ މައްޗަށް؟" އޭނާ އަހައިލި އެވެ. ދުވަހަކީ މީލާދީ މަހުގެ ފުރަތަމަ ހުކުރުކަމުން އާދައިގެމަތިން މުޅި އާއިލާ ދިޔައީ ގޭގެ ޓެރަހަށް މެންދުރުގެ ކެއުމަށް ޖަމާވަމުންނެވެ. ނަޝްވާވެސް އެދުވަހު އެގެއަށް އައިސް އުޅެނީ އެކަމުގަ އެވެ.
"ދޮންތާ.. އައި ކާންޓް. ބައްޕަ އެހާ ރުޅިދުރުވެފަ ހުއްޓާ ބޭނުމެއް ނޫން" ނަޝްވާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ނަދާލް ޖަވާބުދިނީ އައިލީންއަށް ނީވޭނެހާ މަޑުމަޑުންނެވެ.
"މިދިޔަ މަހުވެސް ނެޑް ނުދަމެއްނު؟ ކޮބާތަ މައްސަލައަކީ؟ އައި ގެޓް އިޓް.. ޔޫ ޑޯންޓް ވޯންޓް ޓު ފޭސް ހިމް. އެކަމަކު މައިޝާންއެއް ނާދެއޭ އެ ހުކުރުގަވެސް.. އަދި މިއަދުވެސް" ނަދާލްއާ ހިލާފަށް ނަޝްވާގެ އަޑުގައި އެފަދަ އެއްވެސް ސިއްރުކަމެއް ނެތެވެ. އޭނާ ވާހަކަދެއްކީ އައިލީންއަށްވެސް އިވޭ ވަރަށެވެ.
ނަދާލް ރައްދުގައި އެއްޗެކޭ ނުބުނީ ނީކާ އުރައިގެންހުރެ ހަމަނުޖެހުމެއް ފަށަން ބޭނުން ނުވާތީ އެވެ. އެހެނަސް ނަޝްވާ އެ ހިމޭންކަމުގެ ފައިދާ ނަގައި އޭނާ ބޭނުންވި ގޮތަށް ހާލަތު އަނބުރައިލި އެވެ. "މައްސަލައެއް ނެތް. އެހެންވިއްޔާ ނެޑް މިއަދު މަޑުކުރޭ ނީކާ ގޮވައިގެން.. އަހަރެން ލީން ގޮވައިގެން މި ދަނީ. ހިނގާ ލީން" އޭނާ އައިލީންއަށް ގޮވައިލި އެވެ.
"ދޮންތާ..." ނަދާލްގެ ގޮވައިލުމުގައި ވަނީ އާދޭހެވެ. އެގޮތަށް ކަންތައް ނުކުރުމަށް ނަޝްވާއަށް ނަސޭހަތްތެރިވާ ކަހަލަ އެވެ.
"ލީން. ދާނަންތަ؟" ނަދާލްގެ އާދޭހަށް ބީރު ކަންފަތެއް ދެމުން ނަޝްވާ އައިލީންއާ ހަތަރުކަޅި ހަމަކޮށްލި އެވެ.
އައިލީންއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފަ އެވެ. އެފަދަ ގޮތަކަށް އާއިލީ ކަމެއްގައި ބައިވެރިވާނެ ހައިސިއްޔަތެއް މިހާރު އޭނާގެ ނެތްކަން ޙުދު އޭނާއަށްވެސް އެނގެ އެވެ. އެހެނަސް ނަޝްވާ ބަލަހައްޓައިގެންހުރީ މީހަކަށް ނޫނެކޭ ބުނަންވެސް ފަސޭހަވާނޭ ކަހަލަ ގޮތަކަށް ނޫނެވެ.
"އޯކޭ" އައިލީން ކުޑަ އިރުކޮޅަކު ވިސްނައިލުމަށްފަހު ބުންޏެވެ. މިއަދަކީ އޭނާ އެގޭގައި ހޭދަކުރާ ފަހު ދުވަހަށް ވާއިރު އެކަން މާ ބޮޑުކަމަކަށް ހަދަންވީ ސަބަބެއް ނެތެވެ. ނަދާލްއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އޭނާ ނަޝްވާއާއެކު އެ އެޕަރޓްމެންޓުން ނުކުތުމަށް ހިނގައިގަތެވެ.
"ދޮންތާ" ނަދާލް ދުރު ފިޔަވަޅުތަކެއްގައި އައިސް ނަޝްވާގެ އަތުގައި ހިފެހެއްޓި އެވެ. "ލީންއަށް ބަލާދެއްޗޭ" އޭނާ އެދުނެވެ. އެ ޔަގީންކަން ދެމުން ނަޝްވާ ހިނިތުންވެލި އެވެ.
ކުރިންވެސް އައިލީންއަށް ހީކުރެވުނު ފަދައިން އެ އާއިލާއާއެކު ހޭދަވި އެހެން ހުކުރުތަކާ ހިލާފަށް އެ ހުކުރުދުވަހުގެ ސުފުރާ ދޮށުން އޭނާއަށް މާ ހޫނު މަރުހަބާއެއް ނުލިބުނެވެ. މައިރާއަށް އޭނާ ފެނުމުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކައި، ހާލު އަހައިލުމަށްފަހު ގޮސް އިށީނދެލީ މަލަކްގެ ގާތުގަ އެވެ. ނުސްރާގެ ފަރާތުން ހިތްހެޔޮ ހިނިތުންވުމެއް ލިބުނެއްކަމަކު މާޖިދުގެ ހާޒިރުގައި ހުރުމުން އަނގައިން ބުނާކަށް ނޫޅުނެވެ. ދެން ތިބީ މައިޝާންއާއި މަލަކްގެ މައިންބަފައިންނެވެ. އެމީހުންގެ މޫނުމަތިން ބީރައްޓެހިކަމާއި އެއްވަރުގެ ނުރުހުމުގެ އަސަރެއް ފެންނަމުންދާހެން ހީވެ އައިލީންއަކަށް މާގިނައިރު އެތަނުގައި މަޑުކުރާކަށް ނުކެރުނެވެ. ތަށްޓަށް އެޅި ދެތިން ބަތްސުވާ ރަނގަޅަށް ހުސްވެސް ނުކޮށް އެތަނުން ދާން އުޅެގަތެވެ. ވާނީވެސް އެހެންތާއެވެ؟ އެހެން ހުކުރުތަކުގައި ހުނުމާއި، ސަކަރާތުގެ އަޑުތަކުން ދިރުން ލިބިފައި އޮންނަ ސުފުރާމަތި މިއަދު އޭނާގެ ސަބަބުން ވަނީ މަރުވެފަ އެވެ.
"ލީން.. ދައްތަމެން ބައިގަ ހުންނާނި ދުފާ އެއްޗެހި. ބަދިގެ ތެރެއިން ތަބަކެއް ހޯދާލާފަ އެ އަތުރާލައިގެން ގެނެސްދީފަ ދައްޗޭ އެނގޭ" އައިލީން ތެދުވިތަން ފެނި މާޒިޔާ ގޮވައިލި އެވެ. އައިލީން އެންމެ ރަނގަޅޭ ބުނެ ބޯ ޖަހައިލުމަށްފަހު ކެއި ތަށި ދޮވެލާފައި ޓެރަހުން ނުކުތެވެ.
ދިހަ ވަރަކަށް މިނެޓު ފަހުން އައިލީންއަށް އެނބުރި ޓެރަހަށް އާދެވުނުއިރު އެތަނުގައި ކުރިން ތިބިހާ މީހުންނެއް ނެތެވެ. ނުސްރާއާއި މާޖިދުގެ އިތުރުން އޭނާ އެތަނަށް ގެނައި ނަޝްވާވެސް އެތަނުން ގެއްލިއްޖެ އެވެ. އައިލީން ވަގުތު ބޭކާރު ނުކޮށް ތިރިއަށް ފޭބީ ނަޝްވާ، ނީކާގާތަށް ދިޔައީ ކަމަށް ނިންމަމުންނެވެ.
ތިންވަނަ ފަންގިފިލާއަށް ހުއްޓައިލި ލިފްޓުން ފޭބުމަށްފަހު ގެއަށް ވަނުމަށް ތައްޔާރުވެލި ވަގުތު ޖެހިގެންހުރި ނުސްރާމެންގެ އެޕަރޓްމެންޓު ތެރެއިން މާ އަޑުގަދަވާހެން ހީވެ އައިލީންއަށް އެ ދޮރާ ކައިރިއަށް ޖެހިލެވުނެވެ. އިވެމުންދިޔައީ ނުސްރާއާއި މާޖިދުގެ ހޫނު ޒުވާބެއްގެ އަޑެވެ. މައުޟޫއަކީ އޭނާ އެވެ. ދޮރު ރަނގަޅަށް ނުލެއްޕި ހުރުމުން އެތެރޭގައި ދެކެވެމުންދިޔަ ވާހަކަތައް ނުހަނު ސާފުކޮށް އޭނާއަށް އިވުނެވެ.
"އަހަރެން ހިއެއް ނުކުރަން ޒީނިޔާމެން އޭނައާ ދޭތެރޭ ބީރައްޓެއްސެއްހެން ކަންތައް ކުރިޔަސް މާޖިދު ތިހެން ވާނެ ކަމަކަށް.. ތިއީ ދެން ކޮންކަމެއް މާޖިދު؟ މާޖިދު ހިތްހަމަނުޖެހޭ ކަމަކަށް އެކުއްޖާ ކީއްތަ ކުރީ؟" ނުސްރާގެ އަޑުގައިވަނީ ނުރުހުމެވެ.
"ކީއް ނުކުރަނީ؟ ނުސްރާއަކަށް ނޭނގޭތަ އަހަރުމެން ނަދާލްގެ އެންމެ ކުޑަ ދުވަހުއްސުރެން ކޮން ކަމަކަށްކަން ތައްޔާރު ކުރަމުން މި ގެންދިޔައީ؟ ނަދާލް މި ވިޔަފާރިއާ ހަވާލުވުމަކީ އަހަރެންގެ އިތުރުން ބައްޕަގެވެސް ކިހާ ބޮޑު އުއްމީދެއް ކަމެއް ނޭނގޭތަ؟ އެ އަންހެނާއާހުރެ އަހަރުމެން އެންމެންގެ އުއްމީދުގަ ކޮޅުފައިން ޖަހައި ނަދާލް އެ މަގާމު އެ ދޫކޮށްލީ! ވިޔަފާރީގެ ހުރިހާ ޒިންމާއަކުން އެ ރެކިގަތީ! އެ އަންހެނާއާހުރެ އަހަރުމެން އެހާ ލޯބިން ބޮޑުކުރި ފިރިހެން ދަރީގެ ދިރިއުޅުން އޭނާގެ އަމިއްލަ އަތުން އެ ފުނޑުފުނޑު ކޮށްލަނީ! އަމިއްލަ ހަލާކު އެ ހޯދަނީ! މައިޝާންއަށް ކިޔާރާއާ ޖެހިގެން ވީ ވަރަށްވުރެ ވަކި ދެރަތަ؟ އަހަރެންނާވެސް ގުޅުން ކަނޑާލައިގެނެއްނު އެ އުޅެނީ.. ނުވިތާކަށް އެ އައިލީންއަކީ މައިޝާންގެ ކުރީގެ އަނބިމީހާއޭ.. ނަދާލްއަށް އެ ނޫން މީހަކު ނުފެނުނީތަ؟ ޒާހިރުމެން މީހަކަށް މިކަންތައް އެނގުނަސް ކީއްތަ ކުރާނީ؟ ލަދުން ބޯ ހަލާކެއްނު؟ މި ކަންތައްގަނޑު ދެކެން މިއަދު ބައްޕަ ދުނިޔޭގަ ނެތްކަންވެސް ނަސީބު" މާޖިދުގެ ވާހަކަތައް އިވުމާއެކު އައިލީންއަށް ލިބުނު ސިހުމުގައި އަނގަމަތީގައި އަތް އަޅައިލެވުނެވެ.
"ނަދާލް ކުރިކަމެއް ކުރީ ނަދާލް އަމިއް...." ނުސްރާ އައިލީންގެ ދިފާއުގައި ދައްކަންފެށި ވާހަކަތަކުގެ އަޑު އައިލީންގެ ކަންފަތަށް ފަނޑުވަމުންގޮސް އެކީ ކެނޑިގެންދިޔަ އެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ.
މާއިޒް ގުޅައިގެން ތިރިއަށް ގޮސްލާފައި އައި ނަޝްވާއަށް އައިލީން ހުރިގޮތް ފެނުމާއެކު އޭނާގެ މޫނުމަތިންވެސް ކަންބޮޑުވުމުގެ އަސަރު ފާޅުވި އެވެ. އޭރުވެސް ނުސްރާއާއި މާޖިދު ކުރަމުންދިޔަ ޒުވާބުގެ އަޑު ހުއްޓުމެއްނެތި އިވެމުން ދިޔުމުން ނަޝްވާއަށް ފަޅި ސުކުންތެއްގެ ތެރޭގައި ވީ ކީއްކަން ނަގައިގަނެވުނެވެ. އޭނާ މަޑުމަޑުން އައިލީންގެ އަތުގައި ހިފަހައްޓައިލި އެވެ.
"ދޮންތާ" އައިލީންއަށް ސިއްސައިގެންގޮސް ނަޝްވާއަށް ބަލައިލެވުނެވެ. އޭނާގެ އަޑު ނުކުންނަނީ ކިރިޔަ ކިރިޔާއެވެ.
"އާދެބަ ދޮންތައާއެކު" ނަޝްވާ އައިލީން ގޮވައިގެން ހިނގައިގަތީ ސިޑިން ތިރިއަށެވެ. އެންމެ ތިރީ ފަންގިފިލާއާ ހަމައަށް އާދެވުމުން އޭނާ އައިލީންއާއެކު ސިޑީގެ އެންމެ ފަހު ހަރުފަތްތަކުން ހަރުފަތެއްގައި އިށީނދެލި އެވެ. އައިލީންގެ ރުއިން ހުއްޓައިލަންދެން އައިލީންގެ ކޮނޑުގައި ފިރުމާލަ ފިރުމާލައި އިނުމަށްފަހު އޭނާ ވާހަކަދައްކަން ފެށީ އައިލީން ޖަވާބަކަށް އިންތިޒާރުކުރާ ފަދައިން އޭނާއަށް ބަލައިލުމުންނެވެ.
"ލީން.. އައިމް ސޮރީ ޔޫ ހެޑް ޓު ހިއަރ އެވްރީތިންގް ލައިކް ދެޓް" ނަޝްވާ ފުން ނޭވާއެއް ދޫކޮށްލި އެވެ. "އަސްލު އަހަރެންވެސް މިއަދު ނެޑްއާ ވަކިން ލީންއާ ބައްދަލުކޮށްލަން ބޭނުންވި ސަބަބަކީ މިއީ.. އަހަރެން ލީންއާ ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް އެބަހުރި"
އައިލީން ކަރުނަވީ ދެލޮލުން ނަޝްވާއަށް ބަލައިލަމުން ބޯ ހޫރައިލީ "ކޮން ވާހަކަތަކެއް" ހޭ އަހައިލާ ފަދައަކުންނެވެ. އެއާއެކު ނަޝްވާ ފުންނޭވާއެއް ދޫކޮށްލަމުން އައިލީންގެ އަތުގައި ހިފައިލި އެވެ.
"ލީން.. ނެޑްއާއެކު ލީންގެ އޮތީ ކިހާވަރެއްގެ މާޒީއެއްކަން ނޭނގުނަސް ދޮންތައަށް ވަރަށް ރަނގަޅަށް އެބަ އަންޑަރސްޓޭންޑް ވޭ ލީންގެ ހާލަތު. ލޯބިވާ މީހަކާ ދުރުވުމަކީ ވަރަށް އުނދަގޫ ކަމެއް. އަދި އެމީހަކު އެހެން މީހެއްގެ ހައްގަކަށް ވެގެންދާކަން ދެކުމަކީ އެއަށްވުރެ އުނދަގޫކަމެއް. މާއިޒްއާ ދިމާވުމުގެ ކުރިން އަހަރެންވެސް އުޅުނިން ހަމަ ތިގޮތަށް. އަހަރެންގެ މާޒީ ދޫކޮށް ނުލެވިގެން. އަހަރެން އެންމެ ފުރަތަމަ ލޯބިވި މީހާ ކައިވެނިކުރީ އޭނަގެ ކުޑައިރުގެ ރައްޓެއްސަކާ. އޭރު އޭނަ އެގޮތަށް ކަންތައް ކުރީމަ ހަޖަމެއްވެސް ނުވި. އެތައް ގޮތަކުން އެދެމެދަށް ވަންނަން މަސައްކަތް ކުރެވުނު" ނަޝްވާ ކުށް ގަބޫލުކޮށް އޭނާގެ މާޒީގެ ސަފްހާތައް އައިލީންގެ ކުރިމަތީގައި ހުޅުވައިލި އެވެ.
"އޭނަ އެކުއްޖާދެކެ ހަމަ ހަގީގަތުގަވެސް ލޯބިވާކަށް ގަބޫލުކުރަން ވަރަށް އުނދަގޫވި. ބަޓް ގެސް ވަޓް؟ ކައިވެންޏަށްފަހު ހީ ލަވްޑް ހަރ ސޯ މަޗް. އެމީހުންނެކޭ އެއްގޮތަށް ނެޑް އާއި އިޒޫއަކީވެސް ކުޑައިރުއްސުރެން އެއްކޮށް އުޅުނު ދެ އެކުވެރިން. ބުނަން މި އުޅެނީ.. އޭރު އަހަރެންނަށް ހީވިގޮތަށް މިހާރު ލީންއަށްވެސް ހީވެދާނެ ލީންއަށް ތި ކުރެވޭ ކަންތަކުގަ ގޯހެއް ނެތޭ. ނެޑް އިޒޫއަށްވުރެ ބޮޑަށް ލޯބިވަނީ ލީންދެކެއޭވެސް ހީވެދާނެ. އެކަމަކު ކައިވެންޏަކަށްފަހު ވަރަށް ގިނަ ކަންކަން ބަދަލުވާނެ ލީން. އަހަރެންނަށްވެސް މާއިޒްދެކެ ހަގީގީ ލޯބިވާން ފެށުނީ ކައިވެންޏަށްފަހު. ނެޑްވެސް މިހާރު ކޮންފިއުޒްވެފަ ހުއްޓަސް ކައިވެނީގެ ފަހުން އިޒޫދެކެ ލޯބިވާނެ. ސޯ އިޓްސް ނޮޓް ވޯރތް އިޓް ލީން. ބައްޕަމެން.. މި ދެ އާއިލާ.. އަދި ކާފަވެސް ކުރި ވަރަށްބޮޑު އުއްމީދެއް އެއީ އިޒޫއާ ނެޑް ކައިވެނިކުރުން. ދެން ލީން މިތާ ކީއް ތި ކުރަނީ؟" ނަޝްވާ ވާހަކަދެއްކީ މަޑުން ނަމަވެސް އެ އަޑުގައިވި ހިތްހަމަނުޖެހުން އައިލީންއަކަށް ސިއްރެއްނުވި އެވެ. އޭނާގެ ގިސްލުމުގެ އަޑު ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ.
"އަހަ.. އަހަރެން އެ ދޭތެރެއަށް ވަ.. ވަންނާކަށް ނޫނޭ.. ދޮންތާ.. ނަ.. ނަދާލް.. ހީ.. ހީ ވޯޒް ނޮޓް ލެޓިންގް މީ.. ގޯ.." އައިލީން މަސައްކަތްކުރީ އޭނާގެ އަމިއްލަ ނަފްސު ދިފާއު ކުރެވޭތޯ އެވެ. އޭނާގެ ސަބަބުން ބައެއްގެ ދިރިއުޅުން ހަލާކުވެއްޖެކަމަށް ބުނާ ބުނުމަކީ އައިލީންއަށް އަޑު އަހަން އެންމެ އުނދަގޫ ތުހުމަތެވެ. އޭނާގެ މައިންބަފައިންގެ ދިރިއުޅުމުގެ ތެރެއަށް ވަތް އަންހެނާފަދަ މީހަކަށް ވާކަށް އޭނާ ދުވަހަކުވެސް ބޭނުމެއްނުވެ އެވެ. އެހެންވެ، ނަދާލްއާއި އިޒްކާގެ ގުޅުން ކަނޑާލައި، އެ ދެމެދަށް ވަންނާކަށް އޭނާ އެއްވެސް އިރެއްގައި މަސައްކަތް ކޮށްފައެއްނުވެ އެވެ.
"އެކަމަކު ނެޑް ނޫޅެއެއްނު އިޒޫއާއެކު އޮތް އެންގޭޖްމެންޓް ރޫޅާލާކަށްވެސް. ސަމްވެއަރ ޑީޕް ޑައުން ނެޑްއަށްވެސް ގަބޫލު ކުރެވެއޭ އިޒްއަކީ ނެޑްގެ ފިއުޗަރ ވައިފްކަން. ކުރިން މި ބުނިހެން.. ކައިވެންޏަށްފަހު ވަރަށް ގިނަ ކަންކަން ބަދަލުވާނެ. ލީން.. އަހަރެންނަކަށް ނޭނގެ މިއަށްވުރެ ރީތިކޮށް މިވާހަކަ ދައްކާނެގޮތެއް.. ބަޓް ޔޫ އަރ ނޮޓް ގުޑް ފޯރ ހިމް! ލީންއަށް އެނގޭތަ ލީންގެ ކަންތަކުގަ ނެޑް ސީ.އީ.އޯ ރޭސް ދޫކޮށްލަން ނިންމިކަން؟ މައިޝާންލައްވާ ލީން ވަރިކުރުވީ އެކަމަށް ޝަރުތު ކޮށްގެންކަން އެނގޭތަ؟ އެނގޭތަ އެކަންތަކާހުރެ ބައްޕައާއި ނެޑްގެ ގުޅުން ހީނަރުވެފަ އޮތްވަރު؟"
ނަޝްވާގެ ސުވާލަށް ޖަވާބު ދެވޭ ވަރަށްވުރެ އައިލީންގެ ހާލަތު ދަށެވެ. ވުމާއެކު ދެންވެސް ވާހަކަދައްކަން ޖެހުނީ ނަޝްވާއަށެވެ. "ލީން ޕްލީޒް.. ލީންއަކީ މައިޝާންގެ އެކްސް-ވައިފް.. އިޒޫ ދޫކޮށްލާފަ ލީން ނެޑްއާ ކުރާ ކައިވެންޏަކީ ސޯޝަލީވެސް އެކްސެޕްޓެބަލް ކައިވެންޏަކަށް ނުވާނެ. ނެޑްގެ ރެޕިއުޓޭޝަންއާ ދޭތެރޭގަ ލީން ނުވިސްނަންތަ؟" އޭނާ އަހައިލި އެވެ.
އައިލީން ނޫނެކޭ ބުނެ އަވަސްއަވަހަށް ބޯ ހޫރައިލި އެވެ. ކިތަންމެ އިންކާރުކުރަން ބޭނުންވިޔަސް އޭނާގެ ހިތުގައި ނަދާލްއަށްޓަކައި ވަނީ ފުން ލޯތްބެކެވެ. ވީއިރު ނަދާލްއަށް ދެރަގޮތެއް ވާން އޭނާއަށް އެދެވޭނީ ކިހިނެއް ހެއްޔެވެ؟
"އެހެންވިއްޔާ އެންމެ ރަނގަޅު ގޮތަކީ ލީން ނެޑްއާ ވީހާވެސް ދުރަށް ދިޔުމެއްނު؟ އެކަމުން ނެޑްއަށް ކިތަންމެ ހަރޓްވިޔަސް ނެޑްގެ މުސްތަގްބަލަށް އެންމެ ރަނގަޅު ގޮތަކީ އެއީ ނޫންތަ؟ ދޮންތައަށް ދެވޭނީ ނަސޭހަތެއް. ގޮތް ނިންމާނީ ލީ-"
ނަޝްވާގެ ވާހަކަ ނުނިމެނީސް އައިލީން އިންތަނުން ތެދުވެ ސިޑިން މައްޗަށް ދުއްވައިގަތެވެ. އިތުރަށް އެ ވާހަކަތައް އަޑުއަހަން އޭނާއަށް ކެތްނުވީ އެވެ. ހަލުވިކަމާއެކު އެޕަރޓްމެންޓްގެ ތެރެއަށް ދެމިގަތް ހިނދު އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ނިދިފައި އޮތް ނީކާ މޭމަތީގައި ބާއްވައިލައިގެން އަރާމުކޮށް ސޯފާގައި ނިދާލައިފައި އޮތް ނަދާލް އެވެ. ބަލައިލަން ކިތަންމެހާވެސް ހިތްގައިމު މަންޒަރެކެވެ. އައިލީންގެ ހިތް ވަގުތުން މަޑު ކަފަކޮޅަކަށް ބަދަލުވެގެންދިޔަ އެވެ. ދަގަތްފާނަށް ދަގަނޑު ދަމާ އުސޫލުން އޭނާއަށް ސޯފާއާ ދިމާލަށް ހިނގައިގަނެވެ. އެ މަންޒަރަށް ގެއްލިފައި ހުރެވުނުވަރުން އެ ސޯފާގެ ކައިރީގައިހުރި ކޮފީމޭޒުގައި ފައި ޖެހުނު އިރުވެސް އޭނާއަކަށް ނޭނގުނެވެ. އެވަގުތު އެ މޭޒުމަތީގައި އޮތް ޓީވީ ރިމޯޓު ވެއްޓުނު އަޑަށް ނަދާލް ލޯ ހުޅުވައިލަމުން ނީކާގެ ކަންފަތުގައި އަތް އަޅައިލި އެވެ. ނިދި މޫނަކާއެކު ވަށައިގެން ހޯދައިލުމުން އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ސޯފާއާ މާދުރުނޫން ހިސާބެއްގައި މަޑުކޮށްލައިގެންހުރި އައިލީން އެވެ.
"ލޫނާ؟" ރުއިމުގެ ސަބަބުން ރަތްވެފައިވާ އައިލީންގެ މޫނާއި ހިކިފައިވާ ކަރުނަތައް ފެނުމާއެކު ނަދާލްއަށް ހީވީ އޭނާގެ މެއަށް ފިނިފެން އެއްޗެއް އޮއްސައިލެވުނު ހެނެވެ. އޭނާ ނީކާ ގޮވައިގެން ތެދުވެ ސޯފާގައި އިށީނދެލި އެވެ.
"އެއީ ތެދެއްތަ؟" އައިލީން ވާހަކަދައްކަން ފެށުމާއެކު ނަދާލްއަށް އެ އަޑުގައިހުރި ގިސްލުމުގެ އަސަރުވެސް ފާހަގަ ކުރެވުނެވެ. އޭނާ ފަރުވާތެރިކަމާއެކު ނީކާ ގޮނޑީގައި ބާއްވައިލުމަށްފަހު އައިލީންއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ.
"ކޮން؟ ލޫނާ.. ކާކު ކީކޭ ބުނީ؟" ނަދާލްއަށް ފުރަތަމަވެސް ހީކުރެވުނީ މާޖިދު ނުވަތަ ޒީނިޔާގެ ނުރުހުމުގެ ބަހެއް އައިލީންއަށް އަމާޒުވީކަމުގަ އެވެ.
"ނަދާލް.. މައިޝާން އަހަރެން ވަރިކުރީ.. ނަދާލް ސީ.އީ.އޯ ޕޮޒިޝަން ދޫކޮށްލަން އެއްބަސްވީމަތަ؟" އައިލީންގެ ސުވާލާއެކު ނަދާލް ހުރި ފިޔަވަޅު މައްޗަށް ގަނޑުވި އެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެ ސިހުމުން އަރައިގަންނަމުން އައިލީންގެ އަތުގައި ހިފައިލި އެވެ. "ލޫނާ"
"އިތުރު ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން. ދޮންތަ އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި. އަހަރެން މި އަހަނީ އެއީ ތެދެއްހޭ؟" އައިލީން ރުޅިވެރިކަމާއެކު ނަދާލްގެ އަތް ދުރުކޮށްލި އެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ނަދާލް އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ލަސްލަހުން ބޯ ޖަހައިލި އެވެ.
"ވަ.. ވަޓް؟ ނަދާލްއަށް ކޮންމެ ކަމެއް ފެންނަނީ ބިޒްނަސް ޑީލެއްގެ ގޮތުގަތަ؟ ކޮންމެ މީހެއް ފެންނަނީ ޕްރައިޒް ޓެގެއް އަޅުވާފަ ހުންނަ އެއްޗެއްގެ ގޮތުގަތަ؟" އައިލީންގެ އަޑު ކުރެހުނެވެ. ކޮޅަށް ހުންނާނެހާ ހިތްވަރު ނެތުމުން އެތަނުގައިހުރި ކޮފީމޭޒު މަތީގައި އިށީނދެލި އެވެ.
"ނޯ ލޫނާ.. އެހެންނެއް ނޫނޭ" ނަދާލްވެސް ކުޑަކަކޫ ޖަހައިލަމުން އައިލީންގެ ކުރިމައްޗަށް ވާނެހެން ބިންމަތީގައި އިށީނދެލި އެވެ.
"ލުކް އައިމް ސޮރީ. އެކަމަކު އަހަރެން ކަންތައްކުރި ގޮތަކުން ލޫނާއަށް އެއްވެސް ގެއްލުމެއް ނުވެއެއްނު" އައިލީންގެ އަތުގައި ހިފައިލަމުން ނަދާލް މަސައްކަތް ކުރީ އައިލީންއަށް ވިސްނައިދެވޭތޯ އެވެ. "ޔޫ ޑިޑިންޓް ލޫޒް އެނީތިން-"
"ބަޓް ޔޫ ޑިޑް!" ނަދާލްގެ ވާހަކަ ނުނިމެނީސް އައިލީންއަށް ރޮއެ ގަނެވުނެވެ. ނަދާލް މުސްތަޤްބަލަށްކުރި އުއްމީދުތަކާއި އާއިލާގެ ވާހަކަ އޭނާގާތު ފުރަތަމަ ދެއްކި ރޭ އެ މޫނުމަތީގައިވި އުފާވެރިކަން އަދިވެސް އޭނާގެ ހަނދާނުގައި އެބަ ހުއްޓެވެ. "މި ކުންފުނި.. މި ވިޔަފާރި.. ކާފަގެ ލެގަސީ.. ނަދާލްގެ މުޅި އުމުރު މިކަމަށްޓަކައެއް ނޫންތަ މަސައްކަތް ކުރީ؟ މި ކަމަކަށް ނޫންތަ ތައްޔާރުވީ؟ ކީ.. ކީއްވެ؟ އެންޑް.. އެންޑް ނަދާލްގެ ފެމިލީ.. ޔޫ ލަވް ދިސް ފެމިލީ ސޯ މަޗް! ނަދާލްއަށް ތުއްތުއިރު ނުލިބުނު އާއިލާއެއް ނޫންތަ މިއީ؟ މިހާރު ހުރިހާ އެއްޗެއް ލިބުނީމަ.. ޑޫ ޔޫ ނޮޓް ވޯންޓް ދިސް؟"
"އައި ޑޫ.. އައި ވޯންޓް އަ ލޮޓް އޮފް ތިންގްސް ލޫނާ.. ބަޓް އެބަވް އޯލް.. އައި ވޯންޓް ޔޫ!" ނަދާލް ލޯތްބާއެކު އައިލީންގެ މޫނުގައި ދެއަތުން ހިފަހައްޓައިލި އެވެ. "އަހަރެން.. އަހަރެން އެ ހުރިހާ ކަމެއް ދޫކޮށްލާފަވެސް ލޫނާ ބޭނުމޭ. ލޫނާ އަހަރެންނަށް މަޢާފުކުރާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން" ނަދާލްގެ ޖަވާބާއެކު އައިލީން ހިމޭންވި އެވެ. އޭނާއަށް ޔަގީންވީ ނަދާލްގެ ކައިރިން ސަލާމަތްވުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވާނޭ ކަމެވެ. ގޮތް ހުސްވެ، އިސްޖަހައިލެވުނު އިރުވެސް އޭނާގެ ރުއިމަކަށް ނިމުމެއް ނާދެ އެވެ.
އައިލީން އޭނާއާ ޖަދަލުކުރަން ނޫޅުނީތީ ނަދާލްއަށް ހީކުރެވުނީ އައިލީން ގޮތް ދޫކުރީ ކަމުގަ އެވެ. ހިސާބަކަށް ހަމަޖެހިފައިހުރެ ޖީބުތެރެއިން ވައިބްރޭޓުވަމުންދިޔަ ފޯނު ނަގައި، އަންނަމުންދިޔަ ނަޝްވާގެ ކޯލަށް ޖަވާބު ދިނެވެ.
"ނިދިފަ އޮތީ؟ މިހާރު؟ އާން. އާން އޯކޭ" ނަދާލް ކޯލު ކުރުކޮށްލަމުން އަނެއްކާވެސް އައިލީންއަށް ބަލައިލި އެވެ. "ދޮންތަ އެ ގުޅީ ގެއަށް ދާންވެގެން.. އެބަ އަންނަން ނީމޯ ތިރިއަށް ގެންގޮސްދީފަ އެނގޭ. ދެން ހުއްޓާލަބަ ލޫނާ.. ޕްލީޒް" ނަދާލް ދެއަތުގެ ބޮޑުވައި އިނގިލިން އައިލީންގެ ކަރުނަތައް ފޮހެލައި ދިނެވެ. އެއަށްފަހު ނީކާ ކޮނޑުމަތީގައި ބާއްވައިލައިގެން އެޕަރޓްމެންޓުން ނުކުތެވެ.
ނަދާލް ދިޔުމާއެކު އައިލީން އޭނާގެ ފިކުރުތަކުގެ ތެރޭގައި އެކަނިވި އެވެ. ހީވީ އެ އެޕަރޓްމެންޓްގެ ހަތަރުފާރުގެ ތެރޭގައި އޭނާ ފިތެމުންދިޔަ ހެނެވެ. ސިކުނޑީގައި ތަކުރާރުވާން ފެށީ އެދުވަހު އެކި މީހުންގެ އަޑުން އޭނާއަށް އިވިފައިވާ ނުރުހުމުގެ ބަސްތަކެވެ.
"...އެ އަންހެނާއާހުރެ އަހަރުމެން އެހާ ލޯބިން ބޮޑުކުރި ފިރިހެން ދަރީގެ ދިރިއުޅުން އޭނާގެ އަމިއްލަ އަތުން އެ ފުނޑުފުނޑު ކޮށްލަނީ! އަމިއްލަ ހަލާކު އެ ހޯދަނީ! މައިޝާންއަށް ކިޔާރާއާ ޖެހިގެން ވީ ވަރަށްވުރެ ވަކި ދެރަތަ؟ އަހަރެންނާވެސް ގުޅުން ކަނޑާލައިގެނެއްނު އެ އުޅެނީ..."
"...ޔޫ އަރ ނޮޓް ގުޑް ފޯރ ހިމް! ލީންއަށް އެނގޭތަ ލީންގެ ކަންތަކުގަ ނެޑް ސީ.އީ.އޯ ރޭސް ދޫކޮށްލަން ނިންމިކަން؟ މައިޝާންލައްވާ ލީން ވަރިކުރުވީ އެކަމަށް ޝަރުތު ކޮށްގެންކަން އެނގޭތަ؟ އެނގޭތަ އެކަންތަކާހުރެ ބައްޕައާއި ނެޑްގެ ގުޅުން ހީނަރުވެފަ އޮތްވަރު؟..."
"...ނުވިތާކަށް އެ އައިލީންއަކީ މައިޝާންގެ ކުރީގެ އަނބިމީހާއޭ.. ނަދާލްއަށް އެ ނޫން މީހަކު ނުފެނުނީތަ؟..."
"...އިޒޫ ދޫކޮށްލާފަ ލީން ނެޑްއާ ކުރާ ކައިވެންޏަކީ ސޯޝަލީވެސް އެކްސެޕްޓެބަލް ކައިވެންޏަކަށް ނުވާނެ. ނެޑްގެ ރެޕިއުޓޭޝަންއާ ދޭތެރޭގަ ލީން ނުވިސްނަންތަ؟..."
"...ނެޑްވެސް މިހާރު ކޮންފިއުޒްވެފަ ހުއްޓަސް ކައިވެނީގެ ފަހުން އިޒޫދެކެ ލޯބިވާނެ. ސޯ އިޓްސް ނޮޓް ވޯރތް އިޓް ލީން. ބައްޕަމެން.. މި ދެ އާއިލާ.. އަދި ކާފަވެސް ކުރި ވަރަށްބޮޑު އުއްމީދެއް އެއީ އިޒޫއާ ނެޑް ކައިވެނިކުރުން. ދެން ލީން މިތާ ކީއް ތި ކުރަނީ؟..."
މާޖިދުއާ ނަޝްވާގެ ވާހަކަތައް މަސްހުނިވެފައިވާ އަޑުތަކެއްހެން އައިލީންގެ ސިކުނޑި ކަމުންދިޔަ އެވެ. އެ އަޑުތައް ގަދަވަމުންދިޔަ ވަރަކަށް ބޮލުގައިވާ ރިހުންވެސް ދިޔައީ ގަދަވަމުންނެވެ. ހިތް އަވަސްވެ، ނޭވާ ހާސްވާން ފެށުމުން އައިލީންއަށް ތުރުތުރު އަޅަމުންދިޔަ ދެއަތް އިސްތަށިގަނޑުގެ ތެރެއަށް މަހައިލެވުނެވެ.
"ޓޭބަލް.. ޓައިލްސް.. ސޯފާ.." އައިލީން މަސައްކަތްކުރީ ރީޝާ ދީފައިވާ އިރުޝާދާ އެއްގޮތަށް އޭނާގެ ނަފްސާނީ ހާލަތު ކޮންޓްރޯލުކޮށް ސިކުނޑި އަމިއްލަ ބާރުގެ ދަށަށް ގެނައުމަށެވެ. އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ. ހާސްކަމުގެ އަސަރު މުޅި ހަށިގަނޑަށް ކުރަމުންގޮސް އެންމެފަހުން ބަނޑުގައި ގޮށްޖެހެން ފަށައިފިކަމުގެ އިހުސާސެއް ކުރެވުނެވެ. ދެއަތަށް ކިރެމުންގޮސް ބަދިގޭގެ ސިންކުދޮށުގައި މަޑުކޮށްލެވުނީ ކިރިޔާ އެވެ. މެންދުރު ކެވުނު ކުޑަ ކާއެތިކޮޅުވެސް ހޮޑުގެ ގޮތުގައި އަނގައިން ބޭރުވެއްޖެ އެވެ. އެވަރުންވެސް އޭނާގެ ނަފްސު ހަމައަކަށް ނޭޅުނެވެ. ބޮލުތެރޭގައިވި މާޖިދާއި ނަޝްވާގެ އަޑުތައް ހިމޭނެއް ނުވި އެވެ.
"...އައި ވޯންޓް އަ ލޮޓް އޮފް ތިންގްސް ލޫނާ.. ބަޓް އެބަވް އޯލް.. އައި ވޯންޓް ޔޫ!" އެ އަޑުތަކުގެ ތެރެއަށް މިފަހަރު ނަދާލްގެ އަޑުވެސް އިތުރުވި އެވެ. "...އަހަރެން އެ ހުރިހާ ކަމެއް ދޫކޮށްލާފަވެސް ލޫނާ ބޭނުމޭ. ލޫނާ އަހަރެންނަށް މަޢާފުކުރާނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން..." އެ ފޮނިފޮނި ބަސްތަކުން ހިތަށް ލިއްބައިދޭން ޖެހޭ އެންމެ ފޮނިމީރު ކަމެއް މިއަދު އައިލީންއަކަށް ނުލިބުނެވެ. އެ ބަސްތައް ވެގެންދިޔައީ އޭނާއަށް ލިބިފައިވާ ހާސްކަމަށް އިތުރުވެގެންދިޔަ ބޮޅަކަށެވެ. މިއަދު އޭނާ ބޭނުންވަނީ ނަދާލް ދޫކޮށް ދާށެވެ. މިހާރުވެސް އޭނާގެ ކުށަކާނުލައި އެންމެންގެ ރުޅިވެރިކަން އޭނާއަށް އަމާޒުވަމުން ދާއިރު، ނަދާލްގެ އާއިލާއާއި، ހުވަފެންތައް ގުރުބާންކުރުމަށްފަހު ނަދާލް ހާސިލްކުރާހާ އަމިއްލަ އެދުން ބޮޑު މީހަކަށް އޭނާއަށް ވެވޭނީ ކިހިނެއް ހެއްޔެވެ؟
މި އެޕިސޯޑުގެ ކުރިއަށްހުރި ބައިތަކުގައި އަމިއްލަ ނަފްސަށް ގެއްލުންދިނުމާގުޅޭ ވާހަކަތައް ހިމެނިފައިވާނެ އެވެ. އެހެންކަމުން މި ބައިތައް ކިޔުމުގައި ކިޔުންތެރިން މިކަމަށް ސަމާލުކަން ދީ، ވާހަކަ އިތުރަށް ކިޔުމުގައި އެ ކިޔުންތެރިއެއްގެ އަމިއްލަ އިޚްތިޔާރު ބޭނުން ކުރުން އެދެމެވެ.
އިސާހިތަކު ހާސްކަމާއި، މޮޅުވެރިކަން އަދި ކުށްވެރިކަމުގެ އިހުސާސްތަކުން އައިލީންގެ ހިޔާލުތައް އޮޅުން ބޮޅުންވާން ފެށި އެވެ. އެ އޮޅުން ބޮޅުންގަނޑުގެ ތެރޭގައި އޭނާގެ ސިކުނޑި ފުސްވާންފެށީ ގޮތް ނޭނގޭ ބިރުވެރި އިހުސާސެއް ސިކުނޑީގެ ތެރޭގައި ތިލަ ކުރަމުންނެވެ. އެ އިހުސާސް އޭނާގެ ހަމަބުއްދީގެ މައްޗަށް ގަދަވެގަތެވެ. ދެލޯ ހޯދައިލީ ކައިރީގައިހުރި ތަށި ހަރުގަނޑެވެ. އޭގެން ނެގި ވަޅީގެ މުއްގަނޑު އަތުތެރެއަށް ހެޔޮވަރު ކޮށްލެވުނު އިރު އޭނާގެ ހަމައެކަނި ބޭނުމަކަށްވެފައި ވަނީ އޭނާގެ ސަބަބުން އެންމެންނަށް ޖެހިފައިވާ "މުސީބާތަށް" ނިމުމެއް ގެނައުމެވެ. ހިތުގައި އުފެދިފައިވާ ރިހުމަށް ލުޔެއް ހޯދުމެވެ. ބޮލުތެރޭގައި ގަދަވެފައިވާ އަޑުތަށް ހިމޭން ކޮށްލުމެވެ. ވަކިން ހާއްސަކޮށް ނަދާލްއާ ވިހާވެސް ދުރަށް ފިލަން ދިޔުމެވެ.
ދެވަނަ ވިސްނުމަކާނުލައި އެ ވަޅީގެ ތޫނު މިޔަ ވައަތުގެ ލޭނާރުތައް މަތިން އަޅުވައިލިއިރު އައިލީންގެ ދެއަތް ހަރަކާތްކުރަމުން ދިޔައީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ. ހިއްސުތައް ވަނީ އައްސިވެފަ އެވެ. އެކަމުގެ ތަދު އިހުސާސް ނުކުރެވުނަސް ލޯމައްޗަށް އަނދިރިވާން ފަށައިފި އެވެ. އަތުން ދޫވެގެން ވެއްޓުނު ވަޅި ސިންކު ތެރެއަށް ޖެހުނު އަޑާއެކު އިވިގެން ދިޔައީ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލަމުން ނަދާލް އެތެރެއަށް ވަތް އަޑެވެ.
"ލޫނާ.. އަދި ހަނދާން ނެތިފައޭ މި ހުންނަނީ މިއަދު ހަވީރު- ލޫނާ؟" ސިންކަށް ފުރަގަސްދެމުން ނަދާލްއާ ދިމާލަށް އެނބުރިލި އައިލީންގެ ވަރުބަލިވެފައިވާ މޫނުމަތި ފެނުމާއެކު ނަދާލްގެ މޫނުމަތީގައި ސުވާލުމާކު ޖެހުނެވެ. އައިލީންގެ ދެލޯ މަޑުމަޑުން މެރެމުންދިޔަތަން ފެނި އޭނާގެ ހަށިގަނޑަށް ޒާތެއްގެ ފިންޏެއް އަރައިގެންދިޔަ އެވެ. ރަނގަޅަށް ބަލައިލުމާއެކު ސިންކުގެ އަރިމަތީގައި އަޅުވައިލެވިފައިވާ އައިލީންގެ އަތުން ބިންމައްޗަށް ޖަހަމުންދިޔަ ލޭ ތިކިތައް އޭނާގެ ލޮލުގައި އަޅައިގަތެވެ.
"ނޯ" ނަދާލްގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލަ އެވެ. އޭނާއަށް އައިލީންއާ ދިމާލަށް ދެވުނީ ދުވެފައިކަމެއް އުދުހިފައިކަމެއް ނޭނގެއެވެ. އައިލީންގެ ދެކަކޫ ބިންމަތީގައި ޖެހުމުގެ ކުރިން އައިލީންގެ ހަށިގަނޑުގައި ހިފަހައްޓައިލެވުނީ ކިރިޔާ އެވެ. އައިލީންގެ ހަށިގަނޑާއެކު ބިންމައްޗަށް ތިރިވެވުނެވެ. އޭރު އޭނާގެ ހިތް ހީވަނީ މޭ ފަޅާފައި ބޭރަށް ނުކުމެދާނެ ހެނެވެ.
"ނޯ ނޯ ނޯ ނޯ ނޯ ނޯ.." ނަދާލްގެ އަޑު ތުރުތުރުލާން ފެށި އެވެ. އައިލީންގެ މޫނުގައި ފިރުމައިލެވުނުއިރު ނަދާލްގެ އަތުގައިވެސް މަޑު ތުރުތުރެއް ހަރުލާފައި ހުއްޓެވެ.
"ލޫނާ ޕްލީޒް.. ނޯ.. ޕްލީޒް ޑޯންޓް ޑޫ ދިސް ޓު މީ ބޭބީ އައި ބެގް ޔޫ.." އައިލީންގެ އަތުން ކަފާލެވިފައިވާ ހިސާބުގައި ހިފަހައްޓައިލަމުން އައިލީން ގޮވައިގެން ތެދުވެވޭތޯ މަސައްކަތް ކުރިއެއްކަމަކު އޭނާއަކަށް އެކަމެއް ނުވި އެވެ. އައިލީންގެ އަތުން ފައިބަމުންދިޔަ ލޭތައް ފެނި ފާޑަކަށް ގަނޑުވެފައި އިނދެވުނީ އެވެ. މީގެ ކުރިން ފަސޭހަކަމާއެކު އައިލީން އެ އަތްދަނޑިމަތީގައި ގެންގުޅެވުނު ނަމަވެސް މިއަދު މާ އަނަރޫފަވެފައިވާ އެ ހަށިގަނޑު އުފުލާލާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. "ލޫނާ ނޫން.. މަންމާ! މައި! ސަމްވަން ޕްލީޒް!" އޭނާއަށް އެހީއަކަށް އެދެން މަޖުބޫރުވި އެވެ. ކިރިޔަ ކިރިޔާ ހުޅުވިފައިވާ ދެލޮލުން އައިލީން އޭނާއަށް ބަލައިލުމާއެކު އޭނާއަށް ބޯ ހޫރައިލަމުން އަނެއްކާވެސް އައިލީންގެ މޫނުގައި ފިރުމައިލެވުނެވެ.
"ބޭބީ ޕްލީޒް ޑޯންޓް ޑޫ ދިސް ޓު މީ ހެޔޮނުވާނެ.. ވައި؟ މޮރިރައި ޕެރްތޭ.. އައި ވުޑް ހޭވް ޑައިޑް ފޯރ ޔ?
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ