ފާފަފުއްސެވުމަށް އެދޭމީހާ ޝަހުވާތްތަކުން ދުރުހެލިވާންޖެހޭ!

ޢާއިޝަތު ރަފާޙް ޢަލީ
 
· މަޣްފިރަތާއި ބޮޑުވެގެންވާ އަޖުރެއް ލިބިގެންދޭ: ﷲ ތަޢާލާ ބޮޑުވެގެންވާ އަޖުރު ލިބޭ ސަބަބުތަކުގެ ތެރޭގައި އެމީހެއްގެ ފަރްޖު ޙަރާމް ކަންކަމުން ދުރުކުރުން ހިމެނެއެވެ.  
ﷲ ތަޢާލާ އަޙްޒާބު ސޫރަތުގެ 35 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ‎﴿٣٥﴾‏
މާނައީ: "އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ. (35)" 
· ސުވަރުގެ ލިބިގެންދޭ: ޝަހުވާތްތަކުން ދުރުހެލިވާ މީހަކަށް ﷲ ތަޢާލާ ސުވަރުގެ ދެއްވައެވެ. އެގޮތުން ﷲ ތަޢާލާ ނާޒިޢާތު ސޫރަތުގެ 40 އަދި 41 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 
وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ‎﴿٤٠﴾‏ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ‎﴿٤١﴾‏
މާނައީ: "އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! (40) ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ. (41)"  
· ހަލާކުވާ މީހުންގެ މަގުން ދުރުހެލިވުން: ﷲ ތަޢާލާ ނިސާ ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَاللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَن تَمِيلُوا مَيْلًا عَظِيمًا ‎﴿٢٧﴾‏
މާނައީ: "އަދި، اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. އަދި، އަމިއްލަ އެދުންތަކަށް تبع ވާ މީހުން އެދެނީ (حق ގެ މަގު ފިޔަވައި باطل ގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ. (27)"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ