އުނގޫފާރު ތަރައްގީއަށް މިއަހަރު މަސައްކަތް ފަށާނަން: ރައީސް ޓްރާންސްޕޯޓް ނެޓްވޯކުން އުނގޫފާރާއި އެހެން ރަށްތައް ގުޅާލެވުމުން ޚިދުމަތް ހޯދާ ޢަދަދު އިތުރުވާނެ: ނައިބު ރައީސް ފީނަން ގޮސްއުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެ ރައީސް ކުރައްވާ މަސައްކަތުގެ ސަބަބުނ

ކެންސަރު ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، އަތޮޅުތެރެއަށް ޚިދުމަތް ފުޅާކުރުމުގެ ގޮތުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯ ތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ މާލެއިން ބޭރުގައި މި ޚިދުމަތް ދޭން ފެށި 3 ވަނަ ހޮސްޕިޓަލެވެ.
އުނގޫފާރު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރ. އަތޮޅަކީ ރާއްޖޭގައި 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ކެންސަރު ބަލީގެ މީހުން ރަޖިސްޓްރީކޮށްފައިވާ އަތޮޅެވެ. އަދި މިވަގުތު ވެސް އެ އަތޮޅުގައި ކެންސަރަށް ފަރުވާ ހޯދަމުންދާ 58 ބަލި މީހުން އެބަތިއްބެވެ. މީގެ ކުރިން މި ފަރާތްތަކުން ފަރުވާ ހޯދުމަށް ދާންޖެހެނީ މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށެވެ.
މި ޚިދުމަތް އެ ހޮސްޕިޓަލުގައި ފަށާފައިވަނީ އައިޖީއެމްއެޗުގެ އޮންކޮލޮޖީ ޑިޕާޓްމަންޓުގެ ފަންނީ އެހީތެރިކަމާއެކުގައެވެ. ޚިދުމަތް ދިނުމަށްޓަކައި ޚާއްސަ 2 ނަރުހުން ތަމްރީނުކޮށް، ކީމޯ ރޫމެއް ވަނީ ތައްޔާރުކޮށްފައެވެ. މި ރޫމުގައި އެއްފަހަރާ ދެ މީހުންނަށް ކީމޯ ސެޝަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، ކީމޯ ނެގުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކޮންމެ ބަލި މީހަކަށް ވެސް ދޭންޖެހޭ ފަރުވާ ނުވަތަ ޓްރީޓްމަންޓް ޕްލޭން ތަފާތުވާނެތީ، ބޭނުންވާ ބޭސް ހޯދުމަށް ވަގުތު ނަގާނެކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެހެންކަމުން ޚިދުމަތް ބޭނުންވާ ފަރާތްތަކުން ކުރިއާލާ އެކަން ހޮސްޕިޓަލަށް އެންގުމަށް ވަނީ އެދިފައެވެ.
މިވަގުތު އުނގޫފާރު ހޮސްޕިޓަލުގައި ކެންސަރަށް ޚާއްސަ ޑޮކްޓަރެއް ނެތެވެ. އެހެންކަމުން ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ގުޅިގެންނެވެ. އަދި ބަލި މީހަކަށް ކުއްލި ފަރުވާއެއް ބޭނުންވެއްޖެ ހާލަތެއްގައި މާލެ ފޮނުވޭނެ އިންތިޒާމު ވެސް ހޮސްޕިޓަލުން ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ