މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 276 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯ އިން މިއަދު އާންމުކުރި އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ 3 މަހުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %33 އިތުރު އަދަދެކެވެ.
ތަފްސީލް - އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އާމްދަނީ އިތުރުވީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ. ތެލުގެ ޑިމާންޑު އިތުރުވުމާ އެކު، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމަކީ އެ މުއްދަތުގައި އާމްދަނީ އިތުރުވި ސަބަބެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެގޮތުން:
އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެ ކުންފުނިން ބޮޑުކުރީ މިދިޔަ މަހުގެ 5ގައި
ތެލުގެ އަގަށް ގެނައި ބަދަލު:
ޕެޓްރޯލް: ލީޓަރަކުން 2.51ރ. އަގުބޮޑުކޮށް 16.01ރ.އަށް؛ މިއީ %18.6ގެ ބޮޑުވުމެއް
ޑީސަލް: ލީޓަރަކުން 3.62ރ. ބޮޑުކޮށް 17.54ރ.އަށް؛ މިއީ %26ގެ ބޮޑުވުމެއް
ކުރިން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކީ 13.50ރ. އަށެވެ. އަދި ޑީސަލް ވިއްކީ ލީޓަރެއް 13.92ރ. އަށެވެ.
އެސްޓީއޯގެ ކުއާޓާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ކުންފުނިން މި އަހަރުގެ ފުރަތަމަ 3 މަހު ވިއްކި ތެޔޮ، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ވަނީ %27 އިތުރުވެފަ އެވެ.
މީގެ އިތުރުން ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް އަދި އަގުތަކަށް ބަދަލު އައިސްދާނެ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު ގޯސްވިޔަނުދިނުމަށް ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި 276 މިލިއަން ރުފިޔާގެ ފައިދާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ