އޭޝިއާގެ ޝޫޓިން މުބާރާތުން ރާއްޖެއަށް ތާރީހީ ލޯ މެޑަލް

އިންޑިއާގައި މިއަދު ފެށި އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕް 2026 ގެ ޓީމު އިވެންޓުގައި ވާދަކޮށް ރާއްޖޭގެ ޖޫނިއާ ޓީމު ތާރީހީ ލޯ މެޑަލް ހޯދަައިފިއެވެ. އޭޝިއާ ބައްރުގެ ވަރުގަދަ ޓީމުތަކާ ވާދަކޮށް ރާއްޖޭގެ ޖޫނިއާ ޓީމުން ލޯ މެޑަލް ހޯދި ރާއްޖޭގެ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަލީ ޒަކްނޫން އަޙްމަދާއި، ރެހެންދި ސްކޫލުގެ މުޙައްމަދު އަޝްހަމް ބިން ޝާހިދުގެ އިތުރުން ސީއެޗްއެސްސީގެ ހާދު އަލީ ނަސީފްއެވެ. ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޝޫޓިން ރޭންޖެއް ނެތި ދިވެހި އެތުލީޓުން މި ހޯދީ އަނެއްކާވެސް ތާރީހީ ބޮޑު ކާމިޔާބީއެކެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގައި ރާއްޖޭގެ މަރްޔަމް އީޝަލް ވަނީ މުބާރާތުގެ އިންޑިވިޖުއަލް އަންހެން ޖޫނިއާ އިވެންޓުން ރިހި މެޑަލް ހޯދާފައެވެ. ރާއްޖޭގެ ތިން އެތުލީޓުން މިފަހަރު ހޯދީ މުބާރާތުގެ ފުރަތަމަ ދުވަހު ޓީމު އިވެންޓުން ބްރޮންޒް މެޑަލްއެވެ. އަދި ކުރިއަަށް މުބާރާތުގައި އިތުރު އިވެންޓުތަކެއް ހިމެނެއެވެ. މި ކާމިޔާބީއާއެކު ރާއްޖެއަށް އިތުރު ކާމިޔާބީތައް ލިބުމުގެ އުންމީދު ބޮޑެވެ. އިތުރު ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ