ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމާ ގުޅޭ ގޮތުން ގާނޫނީ ތަޖުރިބާކާރު ޑރ. ޝަމްސުލްފަލާހް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި ދެއްވަން އުޅުއްވި ތަގުރީރަށް އޮޑިޓޯރިއަމް ދިނުމަށް ފަހު އެންމެ ފަހުން ކެންސަލްކޮށްފި އެވެ.
ވީކިހިނެއް؟ - އޭނާ ލިއުއްވި ފޮތަކާއެކު "ގާނޫނުއަސާސީއަށް ބަދަލު ގެނައުމާއި މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން" ނަމުގައި އެމްއެންޔޫގައި ތަގުރީރު ބޭއްވުމަށް ހަމަޖެހުނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑަށެވެ. އެގޮތުން:
ހުއްދަ ދިނީ އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައި ތަގުރީރު ކުރިއަށް ގެންދަން
ތަގުރީރު ކުރިއަށް ގެންދަން ތާވަލުކުރީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އިން އެ ރޭ 10:00 ޖެހުމާ ހަމައަށް
މޯލްޑިވްސް ލޯ އިންސްޓިޓިއުޓް އިން އިންތިޒާމުކުރާ އެ ތަގުރީރުގެ އިސްތިހާރުތައް ވެސް އެ ތަނުން ގެންދިޔައީ ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރަމުންނެވެ.
ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެމްއެންޔޫން އެ ތަގުރީރު ކެންސަލްކުރަނީ މި އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ފެށުމުގެ ކުރިއަށް އެ އޮޑިޓޯރިއަމްގައި ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ކުރަން ޖެހިގެން ކަމަށް ބުނެ އެވެ.
އެދިފައިވާ ހަފްތާއަކީ އެ ޔުނިވާސިޓީގެ އޮރިއެންޓޭޝަން ކުރިއަށްދާ ހަފްތާއަށް ވާތީވެ އެހެން އޮޑިޓޯރިއަމެއް ވެސް ލިބެން ނެތް ކަމަށް އެމްއެންޔޫން އެންގި ކަމަށް އެނގިފައިވެ އެވެ.
އެ ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުނި ގޮތުގައި އިލްމީ ތަގުގީރަކަށް މިފަދަ ގޮތަކަށް ހުރަސްއެޅުން ނޫނީ ކުރިއަށް ގެންދަން ޖާގަނުދިނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އެއީ އިލްމީ ތަގުރީރެއް. ގާނޫނުއަސާސީގެ އިލްމާއި ގާނޫނުއަސާސީއަށް ބަދަލު ގެންނަން ޖެހޭ ގޮތާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށްފަހު ޕާޓީ ބަދަލުކުރުމާ ގުޅޭ ގޮތުން ދައްކަން ހުރި އިލްމީ ވާހަކަތަކުގެ ތަގުރީރެއް،" އޭނާ ބުންޏެވެ.
ޝަމްސުލްފަލާހަކީ އެމްއެންޔޫގެ ޝަރީއާ ފެކަލްޓީން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި އެ ޔުނިވާސިޓީގެ ކުރީގެ ދަރިވަރެކެވެ. އޭނާއަކީ ގާނޫނުއަސާސީގެ އިލްމީ ދިރާސާތައް ކުރައްވަމުން ގެންދަވާ އެ އިލްމުގެ ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ.
ފާހަގަކޮށްލެވޭ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައީ އެންމެ ދުވަހެއްގެ ތެރޭގަ އެވެ. ނަމަވެސް ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގެނައި ބަދަލު ސުޕްރީމް ކޯޓުގައި ޗެލެންޖުކުރުމުން މިހާރު ވަނީ އެ މައްސަލަ ހުއްޓާލާފަ އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބަލަމުން ދަނިކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ފަހުން އެ ކޯޓުގައި މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އޭގެ ތެރެއިން އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވި އިރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަނީ ވަކިކޮށްފަ އެވެ.
ޝަމްސުލް ފަލާހު ދެއްވާ ގާނޫނުއަސާސީއާ ގުޅޭ ތަގުރީރަށް އެމްއެންޔޫ އޮޑިޓޯރިއަމް ދިނުމަށް ފަހު އަތުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ