ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި ކައުންޓާ ނާކޮޓިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލޭން ދެ މީހުން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރު ކުރީ މާލޭ އެޕާޓުމެންޓެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ.
ތަފްސީލް - ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައިވަނީ:
މުހައްމަދު އީވާން ހާމިދު،23، ވަލުތެރޭގެ/ގދ. މަޑަވެލި
މުހައްމަދު ރާއިދު އަލީ އަސްގަރު، 31، ހ. ސަކީނާމަންޒިލް
ފުލުހުން ބުނީ މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް 7 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލޭން 2 މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ