ލިވަޕޫލާއި ޗެލްސީއަށް މޮޅެއް، އާސެނަލަށް ހަތް ޕޮއިންޓުގެ ލީޑެއް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރާ ނިއުކާސަލް އަތުން ލިވަޕޫލް މޮޅުވިއިރު، ތިން މެޗަށްފަހު ހޯދި މޮޅާއެކު އާސެނަލުން ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކުރިއިރު، ފަހުވަގުތު ޗެލްސީން ވެސްޓް ހޭމް ބަލިކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކުރީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކާއެކު 4-1 ގެ ނަތީޖާއަކުންނެވެ. މީގެއިތުރުން އާސެނަލް ވަނީ ރޭ ލީޑްސް ޔުނައިޓެޑް 4-0 އިން ބަލިކޮށްފައެވެ. އަދި ޗެލްސީ މޮޅުވީ ވެސްޓް ހޭމްސްއާ ވާދަކޮށް ފަހުވަގުތު ޖެހި ލަނޑާއެކު 2-3 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލް ހަތް ޕޮއިންޓަށް ލީޑު ފުޅާކުރިއިރު، އެ ޓީމު އޮތީ ކުޅުނު 24 މެޗުން ލިބުނު 53 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ސިޓީއާއި ތިންވަނައިގައި އޮތް އެސްޓަން ވިލާ އޮތީ 23 މެޗުން 46 ޕޮއިންތާއެކު އެވެ. ހަތަރުވަނައިގަ ޗެލްސީ 24 މެޗުން ހޯދި 40 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ލިވަޕޫލް އޮތީ ފަސްވަނައިގައެވެ. އެއީ ކުޅުނު 24 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެވެ. ތާވަލުގެ ހަ ވަނައިގައި މެންޗެސްޓާ ޔުނައިޓެޑު އޮތީ ކުޅުނު 23 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެވެ. ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ކޮޅަށް ނިއުކާސަލް އިން ލީޑު ނަގައިދިން ލަނޑު ޖެހީ އެންތަނީ ގޯޑަން އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހޫގޯ އެކިޓިކޭ ކާމިޔާބުކުރި ދެ ލަނޑާއެކު ހާފު ނިންމާލީ ލިވަޕޫލް ލީޑުގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ލިވަޕޫލްގެ އަނެއް ދެ ލަނޑު ޖަހައިދިނީ ފްލޯރިއަން ވާޓްޒް އާއި އިބްރާހިމާ ކޮނާޓޭ އެވެ. އާސެނަލް މޮޅުވި މެޗުގެ ތެރެއިން-- ލީޑްސް ދަނޑުގައި ކުޅުނު މެޗު އާސެނަލް މޮޅުވިއިރު، މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިއީ ތިން މެޗުން މޮޅެއް ނުލިބި ހުރުމަށްފަހު އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެެ. މާޓިން ޒުބިމެންޑީ އެ ޓީމަށް ލީޑު ނަގައިދިން އިރު ދެވަނަ ލަނޑަކީ ލީޑްސްގެ ގޯލްކީޕަރު ކާލް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ދެން އެ ޓީމަށް ލަނޑު ޖަހައިދިން ކުޅުންތެރިންނަކީ ވިކްޓަ ޔޯކެރޭޝް އާއި ގަބްރިއެލް ޖީސޫސް އެވެ. ވެސްޓް ހޭމް އަތުން ޗެލްސީ މޮޅުވި މެޗުގައި ވެސްޓް ހޭމް ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ދެ ލަނޑު ޖެހީ ކްރައިސެންސިއޯ ސަމަވިލްގެ އިތުރުން ޖެރަޑް ބޮވެން އެވެ. ދެވަނަ ހާފުގައި ޗެލްސީން ލީޑުގައި އޮވެ މެޗު ނިންމާލީ ޖާއޯ ޕެޑްރޯ އާއި މާކް ކުކުރޭއާގެ އިތުރުން އެންޒޯ ފެނާންޑޭޒްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ