ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިފި
ހއ. ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައި ބޭނުން ކުރަން ފަށައިފި އެވެ.ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.ތުރާކުނު ސިއްހީ މަރުކަޒަކީ 8 ގަޑިއިރު ހިދުމަތްދޭ ތަނެކެވެ. މިތަނުގައި 6 އެނދުގެ ވޯޑެއް ހިމެނޭއިރު ލެބޯޓަރީގެ ހިދުމަތްވެސް ވަނީ ގާއިމުކޮށްފަ އެވެ. އަލަށް އިތުރުކުރެވުނު ބައިގައި އޮފީސްބަޔަކާއި ޕަބްލިކް ހެލްތު ރޫމްއަކާއި ސްޓޯރޫމަކާއި މީޓިން ރޫމެއް ވަނީ ގާއިމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ