މިއަހަރު އެންމެ ހޫނުގަދަވާނީ އޭޕްރިލް މަހު ކަމަށް ލަފާކޮށްފި

މީޓްރޮލޮޖިސްޓް ހުސައިން ވަޙީދު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި ދުވަސްވަރު ރާއްޖޭގެ އިހުސާސްކުރެވޭ ހޫނުމިން އާންމުކޮށް 36 ޑިގްރީ ސެލްޝިއަސްއާ ގާތްކުރާ މިންވަރަކަށް މައްޗަށް ދެއެވެ. މިގޮތަށް ހޫނުމިން މަތިވާ މައިގަނޑު ސަބަބަކީ ނިމިދިޔަ ފެބުރުވަރީ މަހުގެ މެދާ ހިސާބުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ވާރޭ ނުވެހި ޖައްވު ވަރަށް ބޮޑަށް ހިކިފައި (ޑްރައިވެފައި) ހުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ