ހޯޑެއްދު އާއި މަޑަވެލީގެ ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

ގދ. މަޑަވެލީގެ ބިން ހިއްކުމާއި އެ ރަށުގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު އަދި ގދ. ހޯނޑެއްދޫގެ މަގުތައް ތަރައްގީ ކުރުމުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ދެ ރަށުގައި ވަކި ވަކިން އޮތް މި ތިން ރަސްމިއްޔާތުގައި ތިން މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ. އަދި އެމަނިކުފާނާ އެކު އެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ތަފްސީލު - މަޑަވެލީގެ ބިން ހިއްކުމާއި ހޯޑެއްދޫ މަގު ހެދުމުގެ މަޝްރޫއުގެ ކޮންޓްރެޓެކްޓަރަކީ އެމްޓިސީސީ އެވެ. އެ ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގެންނެވި އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އެވެ.
މަޑަވެލި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، މި މަހު ކުރީކޮޅު އެވެ. އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުން:
އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 400 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 175 މިލިއަން ރުފިޔާއަށް
ޖުމްލަ 19.17 ހެކްޓަރުގެ ބިން ހިއްކާނެ
1،645 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނޭ
120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ
މަޑަވެލީގެ 50 ހައުސިން ޔުނިޓް މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ސައުދުﷲ ހިލްމީ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ މިމްސް ކޮންސްޓްރަކްޝަން އެވެ. 
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދުﷲގެ ކުންފުންޏާ 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ތިން ކޮޓަރީގެ ހައިސިން ޔުނިޓް އަޅަން ހަވާލުކުރީ 450 ދުވަހުގެ ތެރޭ ނިންމުމަށެވެ. މަޝްރޫއުގެ އަގެއް އަދި ސާފެއް ނޫނެވެ.
އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ސައުދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހޯނޑެއްދޫ މަގު ހެދުމުގެ މަޝްރޫއުއާ ގުޅޭ ގޮތުން އެމްޓީސީސީން ބުނެފައި ވަނީ:
މި މަޝްރޫއުގެ ދަށުން ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރާނެ ކަމަށް
3.33 ކިލޯމީޓަރުގެ ހަތް މަގެއް ތަރައްގީކުރާނެ
މި މަސައްކަތް ހަވާލުކުރީ 93.06 މިލިއަން ރުފިޔާއަށް 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ