ގާނޫނާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އިލްތިމާސްކޮށްފިއެވެ.
އީސީން ބުނީ ބައެއް ސިޔާސީ ޕާޓީތަކުން މި ދުވަސްވަރު ކުރިއަށް ގެންދާ ހަރަކާތްތައް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން މި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ދެ ސިޔާސީ ޕާޓީއަކަށް ސިޓީ ފޮނުވާފައިވާކަމަށެވެ.
އެ ދެ ސިޔާސީ ޕާޓީއަކީ:
އީސީން ބުނީ މި ދެ ޕާޓީން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކާ އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ހަރަކާތްތައް ހިންގަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.
28 އޭޕްރިލް ގައި އީސީން ފޮނުވާފައިވާ ސިޓީގައި ވަނީ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ސުހްލަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައެވެ. އަދި މި ދެ ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް އީސީން ވަނީ އަންގާފައެވެ.
އީސީން ވަނީ ސުލޫކީ މިންގަނޑާ ހިލާފަށް ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށް ވެސް އަންގާފައެވެ.
ގާނޫނާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ