މީޑިއާގެ މައްސަލަތައް ބަލަން ބޭނުން ނުވިޔަސް، ޝަކުވާ ހުށަހަޅައިފިނަމަ ބަލަން މަޖުބޫރުވޭ: މީޑިއާ ކޮމިޝަން

މީޑިއާގެ މައްސަލަތައް ބަލަން ހަގީގަތުގައި ބޭނުންނުވި ނަމަވެސް، ކަންބޮޑުވުމެއް ނުވަތަ ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލަން މަޖުބޫރުވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން އެންޑް މީޑިއާ ކޮމިޝަން (އެމްއެމްބީސީ)ން މިރޭ ބުނެފިއެވެ. މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މިހާރު އަމަލުކުރަމުންދާ 'މީޑިއާ ކޮންޓްރޯލް' ގާނޫނުގެ ދަށުން އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ ގަވާއިދެއް އެކުލަވާލައި މިއަދު ވަނީ އަމަލުކުރަން ފަށާފައެވެ. އެ ގަވައިދާ ގުޅުވައި ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްއެމްބީސީގެ ލީގަލް އޮފިސަރު އައިމިނަތު ރިފްގާ ވިދާޅުވީ، ނޫސްވެރިންގެ ހައްގުތައް ދަމަހައްޓައި، ޒިންމާދާރު ކުރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަކީ ކޮމިޝަނަށް ލިބޭ އުފަލެއް ކަމަށެވެ. އެމްއެމްބީސީގެ ލީގަލް އޮފިސަރު އައިމިނަތު ރިފްގާ: ވިދާޅުވީ، މީޑިއާގެ މައްސަލަތައް ބަލަން ބޭނުން ނުވިޔަސް ޝަކުވާ ހުށަހަޅައިފިނަމަ ބަލަން މަޖުބޫރުވާ ކަމަށް ---- ކޮންޓެންޓުތައް ބައްޓަން ކުރުމުގައި މިންގަނޑުތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައި އޭނާ ވިދާޅުވީ، މީޑިއާތަކުގެ މައްސަލަތައް ބަލަން ހަގީގަތުގައި ބޭނުންނުވާ ކަމަށެވެ. އަޅުގަނޑުމެނަށް މައްސަލަތައް ބަލަން މަޖުބޫރު ވެގެންދެޔޭ އަޅުގަނޑުމެނަށް ޝަކުވާ ހުށަހެޅޭނެ ކަމުގައި ވަނީނަމަ. އަދި، ކޮމިޝަނުގެ އިސްނެގުމުގެ މަތިން ވެސް މައްސަލަތައް ބަލަން މަޖުބޫރުވޭ ގާނޫނުގައި ފަހި ފުރުސަތު ދެއްވާފައި އޮތީމައިއެމްއެމްބީސީގެ ލީގަލް އޮފިސަރު އައިމިނަތު ރިފްގާ މީގެއިތުރުން، އެމްއެމްބީސީގެ ސީނިއާ ލީގަލް ސަނިއްޔާ ހުސައިން ވިދާޅުވީ، އެ ކޮމިޝަނުގެ ސުލޫކީ މިންގަނޑާ އެއްގޮތަށް މީޑިއާތަކުން ކޮންޓެންޓުތައް ބައްޓަންކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. މިގޮތުން، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ހައްގުތައް ރައްކާތެރިކޮށް އެ ނޫން ހަމަތައް ކޮންޓެންޓުތައް ހެދުމުގައި ދަމަހެއްޓުމަށް ސަނިއްޔާ އިލްތިމާސްކުރެއްވިއެވެ. މީޑިއާ ކޮމިޝަނުން އެފަދައިން ބުނިއިރު، ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނު ރޭ ވަނީ ގެންގޮސްފައެވެ. ފުލުހުން ވަނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރު ޙަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އެ ކަމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާއާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމާ ގުޅިގެން ރާއްޖެއާއި ބޭރުގެ ނޫސްވެރިން ވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. https://sun.mv/221255 އޭގެއިތުރަށް، އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސަކަށް ހުންނަވާ ޕީއެންއެފްގެ މުޒާހަރާތަކުގަައި ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުނުކިޔުމަށް އަންގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީއަށް ސިޓީއެއް ފޮނުވާފައެވެ. ރޭ ފުލުހުން އަދަދުގެ އޮފީހަށް ވަތް މައްސަލައާ ގުޅުވައި މީޑިއާ ކޮމިޝަނުން އެއްޗެއް ނުބުނާތީ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފުލުހުންގެ ތަހުގީގީ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނީ ބާރެއް ނެތް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ