މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިތުރުކޮށް، ނޫސްވެރިކަމުގެ މައިގަނޑު މަބްދައުތައް ނެގެހެއްޓުމުގެ މަތީގައި ދެމިތިބުމަށް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ނޫސްވެރިންނަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މި އިލްތިމާސްކުރައްވާފައިވަނީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައެވެ.
އަހުލާގީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމުން، މައުލޫމާތުގެ ފެންވަރާއި ސައްހަކަން ކަށަވަރުކޮށްދީ، ދެ ފުށްފެންނަ އަދި ޖަވާބުދާރީވެވޭ އުސޫލުތައް ކުރިއަރުވައި، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓަންޖެހޭނެކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
އަދި ނޫސްވެރިކަމުގައި އަހުލާގީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ، ދޮގު މައުލޫމާތު އާންމުވެ، ގެއްލުންދެނިވި ކަންކަން އިތުރުވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރީންނަށް ބަރޯސާވާ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން ހިނގައިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިތުރު ކުރުމަށް ނައިބު ރައީސް ގޮވައިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ