ހިމާޔަތްކޮށްފައިވާ ބާވަތެއްގެ މަސް ބޭނުމުން ޖޫރިމަނާ 5 ލައްކަ ރުފިޔާއަށް

ހިމާޔަތްކޮށްފައިވާ ބާވަތުގެ މަހެއް ބާނައިފި ނަމަ، 5 ލައްކަ ރުފިޔާއަށް ވުރެ މަތި ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނަށް ބަދަލު ގެނައުމަށް ބިލްގައި ހިމަނައިފި އެވެ.
ވީ ކިހިނެއް؟ - މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ އަޑުއެހުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވާއިރު 23 އިސްލާހެއް ގެނައުމަށް އޭގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ހިމާޔަތް ކުރެވިފައިވާ މަހުގެ ބާވަތްތަކުން މަސްވެރިކަން ކުރުމުގެ ނަމުގައި ހިމަނާފައިވާ އިސްލާހެވެ.
ގާނޫނުގައި މިހާރު އޮންނަނީ 'ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދެއްގައި ކަނޑައަޅާފައިވާ ކުށެއް ކުރުން' ނަމުގައި އޮންނަ މާއްދާ އެވެ. އަދި އެ ފަދަ އަމަލެއް ކޮށްފި ނަމަ އޮންނަނީ 5،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
ތަފްސީލް - ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލްސަން އަހުމަދު ހުށަހެޅުއްވި މި ބިލުގައި މިހާރު އޮންނަނީ އެ މާއްދާ އިސްލާހުކޮށް، އިތުރަށް ތަފްސީލުކޮށް، ޖޫރިމަނާގެ އަދަދު މަތިކޮށްފަ އެވެ. އެގޮތުން:
ހިމާޔަތްކޮށްފައިވާ ބާވަތެއްގެ މަހެއް ބާނައިފި ނަމަ ނުވަތަ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން އެއްވެސް ބާވަތެއްގެ މަސްވެރިކަން ކޮށްފި ނަމަ، 5 ލައްކަ ރުފިޔާއަށް ވުރެ މަތި ނޫން އަދަދަކުން ޖޫރިމަނާ ކުރުން
ހިމާޔަތްކޮށްފައިވާ ބާވަތެއްގެ މަހެއް އެކްސްޕޯޓްކުރުން ނުވަތަ ކުރަން އުޅެފި ނަމަ، 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
ބިލުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި:
ޖޫރިމަނާކުރުމުގެ ގަވައިދެއް ކަނޑައެޅުން
އެގޮތުން، ޖޫރިމަނާގެ އަދަބުތައް ކަނޑައެޅުމުގައި މިނިސްޓްރީން އަމަލުކުރާނެ އިޖުރާއަތާއިކަމުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާ ކަނޑައެޅުމުގައި ރިއާޔަތްކުރެވޭނެ ކަންކަން އެ ގަވައިދުގައި ހިމެނުން
ޖޫރިމަނާކުރާއިރު ހިލާފުވި އަމަލުގެ ނުރައްކާތެރިކަމާއި އެއިން ކުރި އަސަރާއި ވަކިން ހާއްސަކޮށް، އެ ހިލާފުގެ ސަބަބުން ހިމާޔަތްކޮށްފައިވާ ތަންތަނާއި ކަންކަމާއި އެއްޗެއްސަށް އަދި ތިމާވެއްޓަށް ކުރި އަސަރު ހިމެނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ