ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެއަށް ގުގުރުމުގެ ބާރު އަޑާއެކު ހޮނު އަޅައިފިއެވެ.
މާލެ ސަރަހައްދަށް މިރެއިން ފެށިގެން މޫސުން ގޯސްވެ ހުއްޓުމެއް ނެތި ވާރޭ ވެހެމުންދާ އިރު، ވިއްސާރައިގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ހުޅުމާލެއަށެވެ.
ހުޅުމާލެއަށް ހޮނު އެޅުމާއެކު ބައެއް ސަރަހައްދުތަކުން ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑިފައެވެ. ބައެއް ސަރަހައްދުތަކަށް އަދިވެސް ފެނުގެ ހިދުމަތް ނުލިބެއެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެގޮތުން މިރޭ 12:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
މޫސުން ގޯސް، ހުޅުމާލެއަށް ހޮނު އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ