2025ގެ ފަހު ކުއާޓަރުގައި އެމްއައިބީއަށް 100 މިލިއަންގެ ފައިދާއެއް

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އަށް 100 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ އެވެ.
ތަފްސީލް - އެމްއައިބީން މިއަދު ބުނީ ހަތަރު ވަނަ ކުއާޓަރުގައި އެ ބޭންކުގެ އެސެޓް 1.69 ބިލިއަން ރުފިޔާއަށް އިތުރުވެ، ޖުމްލަ އެސެޓް ވެލިއު 16.64 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
އޭގެ ކުރީ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 126 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ޑިޕޮސިޓަށް 12.11 ބިލިއަނަށް ރުފިޔާ ލިބުނުއިރު، 4 ވަނަ ކުއާޓާރުގައި މި އަދަދު ވަނީ 13.64 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު 1.53 ބިލިއަން ރުފިއާ އިތުރު އަދަދެކެވެ.
ބުނީ ކީކޭ؟ - މިދިޔަ ކުއާޓަރުގައި ކަސްޓަމަރުން ފައިސާ ޑިޕޮސިޓްކުރާ މިންވަރު އިތުރުވުމަކީ ބޭންކަށް ކުރާ އިތުބާރު އިތުރުވަމުން އަންނަ ކަމުގެ ހެއްކެއް. ބޭންކުން މަސައްކަތް ކުރަމުން އަންނަނީ ކަސްޓަމަރުންގެ އިތުބާރު ލިބޭނެ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭން،" އެމްއައިބީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެމްއައިބީން މިދިޔަ ކުއާޓަރުގައި މުޖުތަމައުއަށް ފައިދާކުރަނިވި ގިނަ މަސައްކަތްތައް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން، ބ. އަތޮޅުގައި ކުނި މެނޭޖު ކުރުމުގެ މަޝްރޫއެެއް ހިންގުމަށް ސޮނެވާ ނަމޫނާއާ އެކު އެއްބަސްވުމެއް ހަދައި މަސައްކަތް ފެށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ