ވީއައިއޭގެ އާ ޓާމިނަލުން ހައިސްކައި އަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ލޯ ކޯސްޓް އެއާލައިނެއް ކަމަށްވާ ހައިސްކައި އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ހައިސްކައި އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭތަރިންގެ ގްރޫޕް ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ.
ރަސްމިއްޔާތުގައި ވިޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރާއި ހައިސްކައިގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން ހައިސްކައި އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓް H4-8569 އިން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
ހައިސްކައި އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 38 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ