މަސްވެރިން ކިރުވި މަހަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފި

އަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ ޢަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޯމަ ދުވަހު އެވެ.އެ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް ޖުމްލަ 10،395،195ރ. ދޫކޮށްފައިވެ އެވެ. މިއީ، މިިދިޔަ އަހަރުގެ މި މުއްދަތުގައި މަސްވެރިންނަށް ދޫކުރި އަދަދާ އަޅާބަލާއިރު 64 ޕަސެންޓް ދަށް އަދަދެެކެވެ.ފާއިތުވި 9 ދުވަހިު މަސްވެރިންނަށް ދޫކުރި ފައިސާ:* ޖެނުއަރީ 1: 1،659،378ރ.* ޖެނުއަރީ 3: 1،508،161ރ.* ޖެނުއަރީ 5: 2،179،020ރ.* ޖެނުއަރީ 6: 1،473،841ރ.* ޖެނުއަރީ 7: 1،389،941ރ.* ޖެނުއަރީ 8: 917،492ރ.* ޖެނުއަރީ 9: 1،267،359ރ.މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި މިކަން ތަންފީޒު ކުރަމުން އަންނަނީ 2024 އިން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ