އެމެރިކާއިން ވެނެޒުއެލާއަށް އަރައި، ރައީސް މަޑޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްފި

އެމެރިކާއިން ވެނެޒުއެލާއަށް އަރައި އެޤައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އެމަނިކްފާނުގެ އަނބިކަނބަލުން ހައްޔަރުކޮށްފައެވެ.
އެމެރިކާ އާއި ވެނެޒުއެލާ މައްސަލަ ހޫނުވެ، އެންމެފަހުން މިއަދު އެޤައުމުގެ ވެރިރަށަށް ވަނީ ވައިގެ ހަމަލާތައް ދީފައެވެ. ބީބީސީން ބުނެފައިވަނީ ހަމަލާތައް ދިނުމަށްފަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ރައީސް މަޑޫރޯ އާއި އަނބިކަނބަލުން ހިފާ ހައްޔަރުކޮށްފައެވެ.  އެމެރިކާއިން ވެނެޒުއެލާއަށް އަރާހިސާބަށް ދިޔައީ އެޤައުމުން އެމެރިކާއަށް ޑްރަގް އެތެރެކުރާކަމުގެ ތުހުމަތުގައެވެ. 
އެމެރިކާއިން ވެނެޒުއެލާއަށް ހަމަލާދިނުމުގެ ކުރިން ވަނީ މަޑޫރޯ ހައްޔަރުކުރި ފަރާތަކަށް 50 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއްވެސް ހުށަހަޅާފައެވެ.
އެމެރިކާއިން ވެނެޒުއެލާއަށް އަރައި އެޤައުމުގެ ރައީސް ހައްޔަރުކޮށްފައިވާއިރު، އެޤައުމުގެ ދިފާއީ ވަޒީރު ވްލަޑިމިއާ ޕެޑްރިނޯ ވަނީ، އެމެރިކާގެ ހަމަލާތަކުގައި ލިބުނު ގެއްލުންތައް ބަލަމުންދާކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ