ރާއްޖެ އައި މި އަހަރުގެ ފުރަތަމަ ފަސިންޖަރަކަށް ޖަރުމަނުގެ ޓޫރިސްޓަކު ވެއްޖެ

ރާއްޖެ އައި މި އަހަރުގެ ފުރަތަމަ ފަސިންޖަރަކަށް ޖަރުމަނުގެ ޓޫރިސްޓަކު ވެއްޖެ އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއެކު އެވެ.އިއްތިހާދު އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އައި ތޯމަސް ބުނީ މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށެވެ.ރާއްޖެއަށް ކޮންމެ އަހަރަކުވެސް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް ދަނީ މަރުހަބާ ކިޔަމުންނެވެ.މިދިޔަ އަހަރު ރާއްޖެ އަންނާނެ ކަމަށް ފަހުން ލަފާކޮށްފައި ވަނީ 2.2 މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް އަހަރު ފެށުނުއިރު ލަފާކުރީ 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހު އެވްރެޖުކޮށް 7،000 ޓޫރިސްޓުން ރާއްޖެ އަށް އާދެ އެވެ. އަދި އެ އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،000 ޓޫރިސްޓުން އަންނަ އިރު މިއީ 2024 އަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ