ސްޓޮކް މަދުވުމާއި ގުޅިގެން 20 ރުފިޔާގެ ނޫޓު އަލުން ނެރެފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ގެނެސްފި އެވެ.މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ.މިމަހުގެ ކުރީކޮޅު އެމްއެމްއޭއިން ވަނީ ސްޓޮކް މަދުވުމުގެ ސަބަބުން 100 ރުފިޔާގެ އައު ނޫޓުތަކެއްވެސް ގެނެސްފަ އެވެ. ސްޓޮކް މަދުވުމުގެ ސަބަބުން މިދިޔަ އަހަރުވެސް ބައެއް ރުފިޔާގެ ނޫޓު ގެނެސްފައިވެ އެވެ.ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބާޒާރަށް ނެރުނު ދިވެހި ފައިސާ "ރަން ދިހަ ފަހެއް"ގެ ނޫޓު ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ