އައްޑޫގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
އެތަން ހުޅުވަން ހަމަޖެހިފައި ވަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގަ އެވެެ. އެގޮތުން ހޮސްޕިޓަލްގެ ބޭރުން ވަދެވޭ ގޮތަށް އައިނު ފިހާރަ ހަދާ ތަން ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ސަރުކާރުގެ އައިނު ފިހާރަ އަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މެނޭޖްކުރާ ވިޔަފާރިއެކެވެ. އެގޮތުން އެންމެ ފުރަތަމަ އައިނު ފިހާރަ އައިޖީއެމްއެޗްގައި ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ގަ އެވެ. އަދި ދެވަނަ އައިނު ފިހާރަ ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވީ އޮގަސްޓް މަހުގެ 27 ގަ އެވެ.
އައްޑު އަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މާލެ އިން ބޭރުގައި ހުޅުވާ ފުރަތަމަ އައިނު ފިހާރަ އެވެ.
ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން އޮތީ ނިންމައިފަ އެވެ.
އައްޑޫގައި ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވާ އިރު، ރާއްޖޭގައި އެންމެ ފުޅާކޮށް ނަމްބަރު އައިނުގެ ހިދުމަތްދޭ އަމިއްލަ ކުންފުނި، އައި ކެއާގެ އައުޓްލެޓެއް ވެސް ހިތަދޫގައި ހުރެ އެވެ.
އައްޑޫގައި އައިނު ފިހާރަ ހުޅުވަން ތައްޔާރުވާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ