އދ ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަން ސްޓެލްކޯއިން ހާމަކޮށްފި އެވެ.
ސްޓެލްކޯއިން ބުނީ ރަށަށް އަންނަމުންދާ އުމްރާނީ ތަރައްގީއާއެކު އދ. ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދާ "ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިންގ" މަސައްކަތުގެ ތެރެއިން، އަލަށް ޤާއިމުކުރާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެޅުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރެވެމުންދާ ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 1500 ކޭ.ވީ.އޭ. ގެ އަޕްސްޓްރީމް ކެޕޭސިޓީ ޤާއިމްކުރުމާއެކު، ރަށުގެ ކަނޑައެޅިފައިވާ ސަރަހައްދެއްގައި އާ ސަބްސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް ވަނީ ކުރިޔަށް ގެންދެވިފައިވާ ކަން އެކުންފުނީން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލައި، މި ވިއުގައަށް ގެނެވޭ ބަދަލާއެކު ދިގުރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ