ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ އަދި ނިމުނީ %30: އެމްއޭސީއެލް

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ %30 ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ކުރަނީ އެމްއޭސީއެލްގެ ދަށުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏަކުންނެވެ.
ތަފްސީލް - ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނެސްދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިހާތަނަށް41 ހެކްޓަރު ހިއްކާފައިވާއިރު އެ މަސައްކަތް ހަލުވި ކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ވަނީ ގެނެސްފަ އެވެ.
އެ މަސައްކަތުގައި ބޭނުން ކުރާކްރިސްޓަބެލް ކޮލޯން ސަކްޝަން ހިޕާ ޑްރެޖަރަކީ 64،000 ކިޔުބިކް މީޓަރުގެ ވެލި ނެގޭ ކެޕޭސިޓީގެ ޑްރެޖަރެކެވެ.
ރަސްމާލެއަކީ %100 ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ޝަރަހެކެވެ.
ގުޅުން ހުރި - ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުވިކޮށް ބޮޑު ޑްރެޖަރެއް ގެނެސްގެން މަސައްކަތް ކުރަމުން އަންނައިރު އަންނަ މާޗު ނުވަތަ އޭޕްރީލް މަހާ ހަމައަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ހިއްކަން ޖެހޭ ހުރިހާ ބިމެއް ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ