ހުޅުމާލެއާ ދޮޅު ކިލޯމީޓަރު ދުރުގައި އޮތް ކުރުނބާ އައިލެންޑް ރިސޯޓަށް ގިނަ އަދަދެއްގެ ކުނި ލައްވަނީ ހުޅުމާލެއާ ދޮޅު ކިލޯމީޓަރު ދުރުގައި އޮތް ކުރުނބާ އައިލެންޑް ރިސޯޓަށް ގިނަ އަދަދެއްގެ ކުނި ލައްވަނީ

ހުޅުމާލެއާ ދޮޅު ކިލޯމީޓަރު ދުރުގައި އޮންނަ ކުރުނބާ އައިލެންޑް ރިސޯޓަށް ކުނިތަކެއް ލައްވާން ފަށައިފި އެވެ.
އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް ބުނީ މީގެ ކުރިން ވެސް މޫސުން ބަދަލުވާއިރު، ހުޅުމާލެ ފަޅަށް އަޅާ ކުނި ކޮންމެވެސް ވަރަކަށް އެ ރިސޯޓަށާއި ކައިރީގައި އޮންނަ ޝެރެޓަންއަށް ލައްވާ ކަމަށެވެ. ނަމަވެސް މި ފާއިތުވި ދެތިން ދުވަހެއްގައި އާދަޔާހިލާފަށް ކުނި ލައްވަމުންދާ ކަމަށް އޭނާ ބުންޏެވެ.
"މި މަންތުގެ 15 ހިސާބުން ފެށިގެން ގާތްގަނޑަކަށް ހަމަ ކޮންމެ ދުވަހަކު ވެސް ހަމަ ކުނި ލައްވަމުން ދަނީ، ދެން ގާތްގަނޑަކަށް 3 ޓު 4 ޑޭސް ވެދާނެ ވަރަށް އެކްސްޓްރީމް ލެވެލްއެއްގައި މި އެއްޗެހި އަންނަތާ،" އޭނާ ބުންޏެވެ.
ކުރުނބާ އައިލެންޑް ރިސޯޓަށް ލައްވި ކުނިތައް އެ ރިސޯޓުގެ މުވައްޒަފުން މިހާރު ވަނީ ސާފުކޮށްފަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯތަކެއް އަދަދު އަށް ވަނީ ލިބިފަ އެވެ. ބޮޑެތި ލަކުޑި ބުރިބުރި އާއި ޕްލާސްޓިކުގެ ބައެއް ބާވަތްތަކުގެ ކުނި އެ ރިސޯޓަށް ލައްވެފައިވާ ތަން އެ ވީޑިއޯތަކުން ފެނެ އެވެ.
ކުރުނބާ އައިލެންޑް ރިސޯޓަށް ކުނިތަކެއް ލައްވަމުންދާއިރު، މީގެ އެއް ދުވަސްކުރިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ސަރަހައްދަށް މި ނޫހުގެ ނޫސްވެރިން ދިޔައިރު، ކުރުނބާ އައިލެންޑް ރިސޯޓަށް ލައްވި ބާވަތުގެ ކުނި ގިނަ އަދަދަކަށް ހިއްކާ ސަރަހައްދަށް އަޅަމުންދިޔަ މަންޒަރު ފެނުނެވެ.
މި ނޫހުން އެ ހަބަރު ޝާއިއު ކުރުމާއެކު، އެޗްޑީސީން ވަނީ އެ ސަރަހައްދަށް ކުނި ނާޅާ ކަމަށް ބުނެ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ. އެއަށްފަހު އެކަމާ ގުޅިގެން މީހުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުން އެޗްޑީސީން ވަނީ އެ ސަރަހައްދުގައި ހުރި ކުނިފުނި އެތަނުން ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ