މިނިސްޓަރު މިހެން ވިދާޅުވީ، ބ. އަތޮޅުގެ ބައެއް ރަށްރަށުގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށާއި، މި ދަތުރުގެ ސަބަބުން އިދާރާގެ އެތެރޭގެ ތަރުތީބުތައް އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ.
މިހާރު ކުރިއަށްދާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 55 ކައުންސިލް އިދާރާ ނިމޭއިރު، އެ ތަންތަނަށް ބޭނުންވާ ފަރުނީޗަރާއި ގޯތީގެ ވަށާފާރުގެ މަސައްކަތް ވެސް ހިމެނޭ ގޮތަށް ފުރިހަމަ ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކައުންސިލް އިދާރާތައް އެޅުމުގެ މަސައްކަތް ކުރިއަށްދާގޮތާމެދު ހިތްހަމަޖެހޭ: އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ