އިރު މާލޭގެ ބޯމަތީގައި، ހިޔަނި ފެންނަން ހުރީ ފައި ދަށުން އެކަނި

މިއަދު މެންދުރު 12:10ހާއިރު ބޭރަށް ނިކުމެލީމެވެ. ފާހަވީ މުޅިން އާދަޔާ ޚިލާފު ކަމެކެވެ. އެހެންޏާ އަތްވައް ނިކުތުމުން ހުންނަ ހިޔަނި މިއަދު އެއްވެސް އަރިމައްޗަކުން ފެންނާކަށް ނެތެވެ. ހަމައެކަނި ފެންނަން ހުރީ، ފަޔާ ދިމާލުން ތިރިންނެވެ. ގަބޫލުކުރަން ދަތިވެ، މަގުމަތިން ދުއްވާ ވެހިކަލްތަކަށް ވެސް ބަލައިލީމެވެ. އެ ވެހިކަލްތަކުގެ ހިޔަނި ވެސް ހުރީ ވެހިކަލުގެ ތިރިން އެކަންޏެވެ. މިވާ ގޮތެއް ބަލައިލަން ކަމުގެ ފަލަކީ މާހިރަކާ ވާހަކަދައްކައިލީމެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ވަގުތުކޮޅުގައި އިރު ހުންނާނީ މާލޭގެ މައްޗަށް އޮލަނބަށެވެ. ދެ ތިން މިނެޓަށް ދެމިގެންދާ މިވަގުތުކޮޅުގައި އެއްވެސް ދިމާލަކުން ހިޔަނި ފެންނާކަށް ނުހުންނާނެއެވެ. އެ ވަގުތުކޮޅުގައި އިރު ހުންނާނީ ދުނިޔެއާ 149 މިލިއަން ކިލޯ މީޓަރު އުހުގައި ކަމަށްވާއިރު، މިއީ ވަރަށް މަދުން ނޫނީ ނުކުރެވޭ ފަދަ ތަޖުރިބާއެކެވެ. އެހެން ގޮތަކަށް ބުނާނަމަ، މިއީ ކޮންމެ އަހަރަކު އެއް ފަހަރު ލިބޭ ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ