ދިރައިޑް ޓެކްސީ އެޕް މިހާރު ހޯރަފުށީގައި ބޭނުން ކުރެވޭނެ!

"ދިރައިޑް"ގެ ނަމުގައި އުފައްދާފައިވާ ޓެކްސީ އެޕް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެކްސީ ހިދުމަތް ދެވޭނެ ގޮތް މިހާރު ވަނީ ފަހިވެފަ އެވެ.މިއަދު ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ހަގީގަތަކީ ޓެކްސީ/ކާރެއް ނުވަތަ ސައިކަލެއް ޕިކަޕެއް ބޭނުންވެއްޖެ ނަމަ އަވަސް އަރުވާލާފައި ނިކުންނަނީ މަގުމައްޗަށް "އަތް" އުފުލުމަށެވެ. މި ގޮތަށް އަތް ނަގައިގެން އެތައްއިރެއް ހޭދަކުރަންޖެހެ އެވެ. ނަމަވެސް މިކަން މިއަދު ބަދަލުވެއްޖެ އެވެ. ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ރާއްޖެއަށް މި ވަނީ މިކަމަށް ފަހިކަމެއް އައިސްފަ އެވެ. މާލެ އަދި އަތޮޅު ތެރޭގެ ބުރަ ބޮޑު ދިރިއުޅުމުގައި އުޅޭ މީހުންނަށް، ކިއުގައި އެތައް އިރަކު މަޑުކޮށްގެން ވެހިކަލްއެއް ހޯދުމަށް ހޭދަވާ ވަގުތު ސަލާމަތްވީ އެވެ."ދިރައިޑް" ގެ ނަމުގައި އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓެކްސީ ހިދުމަތަށް އެދެވޭނެ ގޮތް މިހާރު ވަނީ ފަހިކޮށްދީފަ އެވެ. ވާހިދު ޖެނެރަލް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރު ޝިފާއުﷲ އަބްދުލް ވާހިދު ވިދާޅުވީ މިހާރު ހޯރަފުށި، ކުޅުއްދުއްފުށި އަދި ފުވައްމުލަކި ސިޓީ އަށް ދިރައިޑް ކަސްޓަމާ އެޕް އަދި ޑްރައިވާ އެޕް ހިލޭ ބޭނުން ކުރެވޭނެ ކަމަށާއި އަދި އިތުރު ރަށް ތަކަށް ދި ރައިޑް އެޕް ހިލޭ ބޭނުން ކުރެވޭނެ މަގު ވަރަށް އަވަހަށް ފަހިވެގެން ދާނެ ކަމަށެވެ. އަދި ރަށްތަކުގައި ޓެކްސީ ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މި ފުރުސަތު ދޭނެކަމަށް ޝިފާއު ވިދާޅުވި އެވެ."ދުއްވާނެ އުޅަނދަކާއި އެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކޮންމެ ފަރާތަކަށް ދި ރައިޑް އެޖެންޓަކަށް ވުމުގެ ފުރުސަތު ވެސް މިހާރު އޮންނާނެ، އަދި ދި ރައިޑްގެ ރަށު އެޖެންޓުންނަށް ހާއްސަ ކޮމިޝަންއެއް ވެސް ލިބޭނެ " ޝިފާއު ވިދާޅުވި އެވެ.ޝިފާއު ވިދާޅުވީ "ދިރައިޑް" މެދުވެރިކޮށް އަންހެން ވެރިންނަށް ވެސް ދެން ރަށުގައި ހުރެގެން ސައިކަލް ޓެކްސީ ވެސް ކުރެވޭނެ ކަމަށާއި ރަށު ބަގީއެއް ކާރެއް ޕިކަޕެއް ގެން ގުޅޭ މީހުންގެ ނަންބަރު ހޯދައިގެން ވަކިވަކިން ގުޅަން ނުޖެހި މުޅި ރާއްޖޭގެ ޓެކްސީ ވިއުގަ "ދި ރައިޑް" އެޕް މެދުވެރިކޮށް ފޯނުން ވަގުތުން ބަލާލެވޭނެ ކަމަށެވެ. ޝިފާއު އިތުރަށް ވިދާޅުވީ މި އެޕްލިކޭޝަންގެ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މޯބައިލް ނަންބަރު 7665533 އަށް ވައިބަރު ކުރުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.އިތުރަށް ކިޔާލަން: ދި ރައިޑް ޓެކްސީ އެޕްގެ ރަށު އެޖެންޓަކަށް ވާން ބޭނުންތަ.؟"ދިރައިޑް" އެޕަކީ ދުނިޔޭގެ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަން ފަރުމާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ، ރައްކާތެރި، ހަލުވި އަދި ކަސްޓަމަރުންނަށް އިތުބާރު ލިބޭނެ ފަދަ ފީޗާތަކެއް ހިމެނުމަށެވެ. މިއެ އެޕްލިކޭޝަން ހަދާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގެންގުޅޭ އެފަދަ އެޕްލިކޭޝަންތަކާ ވާދަކުރެވޭނެ ފެންވަރަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ."ދިރައިޑް" އެޕުން ޓެކްސީ ބުކް ކުރުމާއި ޕޭމަންޓް ހެދުމާއި އަދި އެހެން މީހަކަށް ޓެކްސީއެއް ބުކް ކުރެވޭނެ އެވެ. އެ އެޕްލިކޭޝަންގައި ކަސްޓަމަރުންގެ ނަންބަރު ސިއްރުވާނެ އެވެ. އަދި ދަތުރުތައް ދުރާލައި ވަކި ގަޑިއަކަށް ޝެޑިއުލް ކުރެވޭނެ އެވެ. އެޕްލިކޭޝަން ބޭނުން ކުރާ އިރު އޯޓީޕީ މެދުވެރިކޮށް ވެރިފައި ކުރެވޭ އިރު ލައިވް ލޮކޭޝަން ވެސް ބަލައިލެވޭނެ އެވެ."ދިރައިޑް" މޯބައިލް އެޕްލިކޭޝަންގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ވެސް ހިދުމަތް ހޯދޭނެ އެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ވެސް މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ