ވެނެޒުއެލާގެ ރައީސް ނިކްލަސް މަޑޫރޯ ވަގަށްނެގި އޮޕަރޭޝަނުގައި އެމެރިކާއިން ގިނަ އަދަދެއްގެ އަންހެން ސިފައިން މަރާފައިވާކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ވެނެޒުއެލާގެ ޑިފެންސް މިނިސްޓަރު ވްލަޑިމިއާ ޕެދްރީނޯ ލޮޕޭޒް ވިދާޅުވީ، ރައީސް މަދޫރޯ ވަގަށްނެގުމަށް އެމެރިކާގެ އަސްކަރިއްޔާއިން ޖެނުއަރީމަހުގެ 3 ވަނަ ދުވަހު ހިންގި ޓެރަރިސްޓް ހަރަކާތުގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަމަށެވެ. އެގޮތުން ވެނެޒުއެލާގެ އަސްކަރިއްޔާއިން 50 ހާ ގާތްކުރާ އަދަދަކަށް ސިފައިން މަރާފައިވާކަމަށާއި، އޭގެ ތެރޭގައި 9 އަންހެން އޮފިސަރުން ހިމެނޭކަމަށެވެ.
ޕެދްރީނޯ ވިދާޅުވީ، ވެރިރަށް ކަރާކަސްއަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން އުދުއާނުގައި ވެނެޒުއެލާގެ 83 މީހަކު މަރާލާފައިވާކަމަށެވެ. އޭނާ ވަނީ މަދޫރޯ ހައްޔަރުކުރި ދުވަހުވެސް އެމެރިކާގެ ސަލާމަތީ ބާރުތަކުން ހާލަތާ ނުބައްދަލު ހަމަލާތަކެއްދީ ވެނެޒުއެލާގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިންނާއި އާއްމުން މަރާފައިވާކަމަށް ބުނެފައެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމުރުފުޅަށް ވެނެޒުއެލާގެ ރައީސް ވަގަށް ނަގައިގެން ގެންދިއުމަށްފަހު ޓްރަމްޕް ވަނީ ވެނެޒުއެލާ ހަމަމަގަށް އެޅެންދެން އެޤައުމުގެ ކަންކަމަށް ބާރުފޯރުވާނޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ތެލުގެ އޮޕަރޭޝަންތަކާއި އެނޫންވެސް ކަންކަން ދެން ކުރިއަށްގެންދާނީ އެމެރިކާގެ ބައިވެރިވުމާއެކުގައިކަން ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
މަޑޫރޯ ވަގަށްނެގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ އަންހެން ސިފައިން މެރުމުގެ ތުހުމަތު އެމެރިކާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ