މިހާރު ތިއްބެވި 5 މޭޔަރުން އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރައްވައިފި
މިހާރު މޭޔަރު ކަމުގައި ތިއްބެވި ފަސް ބޭފުޅުންނަށް ވެސް އިދިކޮޅު އެމްޑީޕީގެ ޓިކެޓު އިއްޔެ ކަށަވަރުވެއްޖެއެވެ. އެއީ، މާލޭގެ މޭޔަރު އާދަމް އާޒިމާއި އައްޑޫގެ މޭޔަރު އަލީ ނިޔާރާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އިތުރަށް، ތިނަދޫގެ މޭޔަރު ސައުދު އަލީއެވެ. އެ މޭޔަރުން ޓިކެޓު ކާމިޔާބުކުރިކަން އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވަނީ، 'ސަން'އަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕާޓީގެ ޓިކެޓު ހޯދުމަށް މޭޔަރުންގެ ޕްރައިމަރީ ބޭއްވި މާލެއާއި ތިނަދޫ ސިޓީގައެވެ. ޓިކެޓު ކާމިޔާބުކުރި ވޯޓުގެ ތަފުސީލާ ގުޅޭ ގޮތުން ސުވާލުކުރުމުން އަނަސް ވިދާޅުވީ، އެ މައުލޫމާތު އެނގޭނީ ވަގުތީ ނަތީޖާ އާންމުކުރުމުން ކަމަށެވެ. https://sun.mv/216792 އޭގެ ތެރެއިން، އާދަމް އާޒިމް މޭޔަރުކަމުގެ ޓިކެޓު ދިފާއުކުރެއްވީ ބޮޑު ތަފާތަކުންނެވެ. އެނގިފައިވާ ގޮތުގައި، މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ޕްރައިމަރީގައި ލިބިވަޑައިގެންނެވީ 962 ވޯޓެވެ. ޓިކެޓު ކަށަވަރުކުރެއްވި މިހާރުގެ މޭޔަރު އާދަމް އާޒިމަށް 1،400 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ. އެހެން ސިޓީތަކުގެ މޭޔަރުން ޓިކެޓު ކާމިޔާބުކުރެއްވީ ޕްރައިމަރީއަކާ ނުލައެވެ. ފަސް މޭޔަރުން އެމްޑީޕީ ޓިކެޓު ކަށަވަރުކުރިއިރު، އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ދިޔައީ ވަރަށް ސުލްހަވެރިކަމާއެކީގައެވެ. ވޯޓުލާ މަރުކަޒުތަކަށް ގިނަ ބަޔަކު ދިޔައިރު، އޭގެ ތެރޭ އެ ޕާޓީގެ އިސް ބޭފުޅުން ވެސް ހިމެނެއެވެ. ޖުމުލަ 154 ކެންޑިޑޭޓުން އެމްޑީޕީ ޓިކެޓު ހޯދަން ވާދަކުރިއެވެ. މިއީ އިދިކޮޅު އެމްޑީޕީގެ 20 އަހަރުގެ ދިގު ތާރީޚުގައި ވެސް އެންމެ ރަނގަޅަށް ކަންކަންދިޔަ އެތެރޭގެ އެއް އިންތިޚާބުކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ