ކަނޑުން ފެނުނު ދެ ހަށިގަނޑަކީ ވެސް ގެއްލިގެން އުޅޭ ރަޝިއާ ފަތުރުވެރިޔާއެއް ނޫން: ފުލުހުން
މި ފަހުން ރާއްޖެ ސަރަހައްދުން ފެނުނު, މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑަކީ ވެސް, ގެއްލިގެން ހޯދަމުން އަންނަ ރަޝިއާ ފަތުރުވެރިޔާގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އއ. އުކުޅަހުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ރަޝިއާގެ ފަތުރުވެރިއެއް މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ވަނީ ގެއްލިފައެވެ. އެއީ ރޯމަން ލުރޮޗްކިން ކިޔާ، 48 އަހަރުގެ މީހެކެވެ. އެ ރަށު ކައުންސިލުން ބުނިގޮތުގައި އޭނާ ގެއްލުނު ކަމަށް ބެލެވެނީ މޫދަށެވެ. https://www.sun.mv/215617 އޭގެ ފަހުން, ކ. ކަނޑޫމާތިލަ ކައިރިން މިދިޔަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ވަނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައެވެ. އަދި، މި މަހުގެ ހަތަރުވަނަ ދުވަހު ވަނީ ރ. ކިނޮޅަހު ބޭރުން ވެސް މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުން އެއީ ފިރިހެނެއްގެ ހަށިގަނޑުކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ. https://www.sun.mv/215479 ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑާއި ކަނޑޫމާތިލަ ކައިރިން ފެނުނު ހަށިގަނޑުގެ ޑީއެންއޭގެ ނަތީޖާއަށް ބަލާއިރު، އެއީ ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ވެސް ވަނީ ޔަގީންކުރެވިފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ