އޮރިޔާމުން ހުރި އަންހެނަކާއެކު ދާއޫދު ފޮޓޯ ނެގިކަން ރައީސްއަށް އެނގިވަޑައިގަތުމުން ވެސް ވަކި ނުކުރި އޮރިޔާމުން ހުރި އަންހެނަކާއެކު ދާއޫދު ފޮޓޯ ނެގިކަން ރައީސްއަށް އެނގިވަޑައިގަތުމުން ވެސް ވަކި ނުކުރި

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން އަހުމަދު ދާއޫދު ސަސްޕެންޑުކުރީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކުގެ މައްސަލައިގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ދޭން ދާއޫދުއަށް އަންގައި، ރައީސް އޮފީހުން ސަސްޕެންޑުކުރީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ އޭނާގެ ކުރީގެ ފޮޓޯތަކާއި ގުޅިގެން އަޅާނުލައި ނުހުރެވިގެން ކަމަށެވެ.
"ދެން އަޅުގަނޑަށް އެކަމުގައި ހަމަ އުނދަގުލީ އަޅާ ނުލައި ދޫކޮށްލަން. އެ ފޮޓޯގެ ގޮތުން އިނގޭތޯ އެހެންވީމަ އަޅުގަނޑު ދެންނެވިން ޔޫތު އެޑްވައިޒަރީ ބޯޑުގެ ރައީސްކަމުން އިސްތިއުފާ ހުށަހަޅުއްވަން ދެންނެވިން. ދެން ރައީސް އޮފީހުގެ މަގާމުން އަޅުގަނޑު އެހެރީ މިހާރު ސަސްޕެންޑްކޮށްފައި، މުސާރަ ނުލިބޭ ގޮތަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދާއޫދުއަށް ފިޔަވަޅު އެޅީ ދައުރުވަމުންދަނީ ކިޔަވަން ހުރި ދުވަސްވަރުގެ ފޮޓޯތަކެއް ކަމަށް އަމިއްލައަށް އެއްބަސްވެ، އެކަން އެންގުމުން ކަމަށެވެ.
"މި ކޭސްގައި، މި ދާއޫދު ކޭސްގައި ދާއޫދު އަމިއްލަފުޅަށް އަޅުގަނޑު ގާތުގައި ވިދާޅުވި ތިމަންނައަށް ކުރީގެ ކިޔަވަން އުޅުނު ދުވަސްވަރުގެ ތިމަންނަގެ ފޮޓޯތަކެކޭ ތިމަންނަ ވަރަށް ބޮޑަށް އެކަމާ މިހާރު ރެގްރެޓް ކުރާ ލަދު ގަންނަ ފޮޓޯތަކެއް ކަމަށް،" ރައީސް ވިދާޅުވި އެވެ.
ދާއޫދުއަށް ފިޔަވަޅު އެޅީ މާލޭގެ މިދިޔަ އޭޕްރިލް މަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ރޭ އޭނާ ހިމެނޭ ގޮތަށް ގްރޫޕަކުން "މަސްތު ޕާޓީ" އެއްގައި ބައިވެރިވިކަމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށެވެ.
ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން ދާއޫދުގެ އެއްވެސް ކަމެއް މިހާތަނަށް އައިސްފައި ނުވާކަން ހާމަކުރައްވާފަ އެވެ.
ދާއޫދު ރައީސް އޮފީހުގެ މަގާމުން ވަކިނުކޮށް ހަމައެކަނި ސަސްޕެންޑު ކޮށްފައި ހުރުމުން އެކަމާ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދައި ފަޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ