1446ހ ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ ހައްޖުވެރިން ހައްޖަށް ފުރުމުގެ ކުރިން ސައުދީއަރަބިއްޔާގައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކަށް ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމް މިއަދު ފުރައިފިއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ދިވެހިރާއްޖެއަށް ވަނީ 1000 ހައްޖު ކޯޓާ ލިބިފައެވެ.
އަދި ދިވެހި ޙައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 އިން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރު ހައްޖަށްދާ ހައްޖާޖީން ސައުދީ ދެ އެއާލައިނެއްގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ބޯޓެއްގައިވެސް ސައުދީއަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
Advertisement
ދިވެހި ހައްޖާޖީންނަށް ހައްޖުގެ އަޅުކަމުގެ ދަތުރުގައި ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ވަނީ މި އަހަރު ހިމަނާފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭގޮތަށް ކަންކަން އިންތިޒާމް ވެގެން ދިއުމެވެ. އެގޮތުން ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ.
ހައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުމަށް ސައުދީ އަރަބިއްޔާގައި ހަރަކާތްތެރިވާ ދިވެހި ހައްޖު މިޝަންގައި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރަކާއި، ދީނީ އިލްމުވެރިން ހިމެނެ އެވެ.
ހައްޖާޖީން ފުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށް ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމް ސައުދީއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ