ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުވެއްޖެ!

ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 1.9 ބިލިއަން ރުފިޔާ މިއަހަރުގެ ފުރަތަމަ 14 ހަފްތާ ނިމުނުއިރު އިތުރުވެފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގެ މައުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ 1 އިން އެޕްރީލް 8 އަށް ދައުލަތަށް ޖުމްލަ 14.2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ. މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހުރީ 12.3 ބިލިއަން ރުފިޔާގައެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓެކްސްގެ ގޮތުގައި 11 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން، ހިލޭ އެހީގެ ގޮތުގައި 83.8 މިލިއަން ރުފިޔާ ލިބިފައިވާކަން ރިޕޯޓުން ފާހަގަކޮށްފައިވެއެވެ.
ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މިއަހަރުގެ ދައުލަތުގެ ޚަރަދުތައް ވަނީ 21.6 އިންސައްތަ ދަށްވެފައެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހުރީ 1.2 ބިލިއަން ރުފިޔާގައެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުން، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ދިމާއަކަށް ދާކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް ޚަރަދުތައް ކުޑަކުރެވި، އާމްދަނީ އިތުރުވެފައިވުމަކީ އިގްތިސާދީ ގޮތުން ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ