ރަށު
ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ރަށު އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
އަންނަ ބުރާސްފަތިން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ސްޓޯލްތައް ހުންނާނެ އެވެ.
ތަފްސީލް - އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ
ނިމާލް ވިދާޅުވީ ގިނަ ރައްޔިތުންނާ ގުޅޭ މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ބޭންކަށް ލިބޭ ފަހުރެއް ކަމަށެވެ.
"މިއީ ވިޔަފާރިތަކާ އާއްމުން ގުޅުވާލަދޭނެ މުހިއްމު އެކްސްޕޯއަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރަން،" ނިމާލް ވިދާޅުވި އެވެ.
އެކްސްޕޯ ބާއްވާ ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ރަށު އެކްސްޕޯގެ
ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ލޯކަލް
ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކު ދޭ އަހަމިއްޔަތުކަން ހާމަވާ ކަމެއް ކަމަށެވެ.
"ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭންކިން ހިދުމަތް ދޭ ކުންފުނިން މި
އިވެންޓުގައި ބައިވެރިވިކަމީ މި އެކްސްޕޯއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް. މިއީ ފަތުރުވެރި ދާއިރާގައި އުފެދިގެން އަންނަ ކުންފުނިތަކާއި ރަށްރަށުގެ
ތަރައްގީއަށް ބީއެމްއެލް އިން އިސްކަންދޭކަމުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.
ރަށު އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ